ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންފިކަން ޔަޤީންކުރެވޭނެ އެއްވެސް ގޮތެއް މިދުނިޔޭގައި ތިބޭއިރު ނެތް ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންފިނަމަ އެމީހެއްގެ ކިބައިން ފެނިގެންދާނެ ބައެއް ޢަލާމާތްތަކުގެ ތެރެއިން 4 ވަނަ ޢަލާމާތަކީ ތަޤްވާވެރި ހެޔޮލަފާ މީހުންގެ ރުހުމާއި ލޯބި ލިބިގެންވުމެވެ.
އެކަންވެސް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.
Abu Hurairah (May Allah be pleased with him) reported:
The Prophet (ﷺ) said, "When Allah loves a slave, calls out Jibril and says: 'I love so-and-so; so love him'. Then Jibril loves him. After that he (Jibril) announces to the inhabitants of heavens that Allah loves so- and-so; so love him; and the inhabitants of the heavens (the angels) also love him and then make people on earth love him".
[Al- Bukhari and Muslim].
Another narration of Muslim is: Messenger of Allah, (ﷺ) said: "When Allah loves a slave, He calls Jibril (Gabriel) and says: 'I love so-and-so; so love him.' And then Jibril loves him. Then he (Jibril) announces in the heavens saying: Allah loves so-and-so; so love him; then the inhabitants of the heavens (the angels) also love him; and then people on earth love him. And when Allah hates a slave, He calls Jibril and says: 'I hate so- and-so, so hate him.' Then Jibril also hates him. He (Jibril) then announces amongst the inhabitants of heavens: 'Verily, Allah hates so- and-so, so you also hate him.' Thus they also start to hate him. Then he becomes the object of hatred on the earth also".
[Muslim].
|
Reference |
: Riyad as-Salihin 387 |
ﷲ ތަޢާލާ މީހަކުދެކެ ލޯބިވޮޑިގެންފިނަމަ އެކަން ޖިބްރީލްގެފާނަށް އަންގަވާނެތެވެ. އެއިރުން ޖިބްރީލްގެފާނު އުޑުތަކުގައި އެކަން އިޢުލާނުކުރައްވަވާނެތެވެ. އެހިސާބުން ހުރިހާ މަލާއިކަތުންނާއި ބިމުގައިވާ މީހުންގެ ލޯބި އެމީހަކަށް ލިބިގެންދާނެތެވެ. ހަމައެފަދައިން މީހަކު ދެކެ ﷲ ތަޢާލާ ރުހިވޮޑިނުގެންފިނަމަވެސް ހަމަ މިފަދައިން ކަންކަންވެގެންދާނެތެވެ.
މީސްތަކުންނޭވެ! އޮޅުވައިނުލާށެވެ! ﷲ ތަޢާލާއަށް އީމާންނުވާ މުޝްރިކުންގެ ތެރޭގައި ވަރަށް މަޝްހޫރު މީހުން އުޅެއެވެ. އެމީހަކު ދެކެ ގިނަބައަކު ލޯބިވާ މީހުންވެސް އުޅެއެވެ. ނަމަވެސް އެއިގެ މާނައަކީ އެއްވެސް ޙާލެއްގައި އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަތުމެއް ނޫނެވެ. އޭނާގެ މައްޗަށް ލޯބި އެއުފެދެނީ ޝައިޠޯނާގެ ސަބަބުންނެވެ. އަހުރެން މިދެއްކީ އެމީހަކު ދެކެ ﷲ ތަޢާލާއަށް ބިރުވެތިވާ، ﷲ ތަޢާލާ ދެކެ ލޯބިވާ އަޅުންގެ ލޯތްބާއި އިޙްތިރާމް އެމީހަކަށް ލިބިގެންދާ މީހުންގެ ވާހަކައެވެ.
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން