މިކަންކަމަށް ސަމާލުކަންދީގެން ޝިފާހޯދަން މަސައްކަތްކޮށްފިނަމަ ޝިފާ ދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިކަންކަމަށް ސަމާލުކަންދީގެން ޝިފާހޯދަން މަސައްކަތްކޮށްފިނަމަ ޝިފާ ދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ބަލިވުމުން ބޭސްފަރުވާކުރާއިރު ސަމާލުކަންދޭންޖެހޭނެ 4 ކަމެއް ވެއެވެ. 

1 ޑޮކްޓަރަށް ނުވަތަ ޙަކީމެއްގެ ގާތުން ލަފާހޯދައިގެން ފަރުވާކުރުން

2 ބޭސްކުރާ ޑޮކްޓަރަށް ނުވަތަ ޙަކީމަށް ބަލި ދެނެގަތުމުގެ ކުލަދާނަކަމާއި ތިމާއަށް ޝިފާ ލިބޭނެ ބޭސް ދޭން އަންގަވައިދެއްވެވުން އެދި ދުޢާކުރުން

3 ޝިފާ ދެއްވެވުން އެދި ދުޢާކުރުން

4 ރުޤްޔާކުރަންޖެހޭ ކަންކަމުގަ ރުޤްޔާކުރުން

ދެން އޮތީ ކޮށްގެން ނުވާނެ ކަންތަކެވެ. 

1 އެއްވެސް ކަހީނެއް ނުވަތަ ފަންޑިތަވެރިއެއްގެ އެހީ ނުހޯދުން

2 ޝިފާލިބުން ލަސްވެގެން ޝަކުވާނުކުރުން 

ދެން އޮތީ އެކަމެއްގައި ދެމިހުންނަން ޖެހޭނެ ކަންތަކެވެ. 

އެއީ ވީހައިގިނައިން އަޅުކަންކުރުމެވެ. ބަލިވެ އެނދުގައި އޮންނައިރުވެސް ވަޤުތު ހޭދަކުރަންވީ ފަރުޟު ނަމާދުތައް ކުރުމާއިއެކު ވީހައިގިނައިން ޛިކުރުކުރުމަށެވެ. ވީހައި ގިނައިން ﷲ ތަޢާލާގެމަތިން ހަނދުމަކުރުމަށެވެ. 

ވީމާ ބޭކާރު ކަންކަމަށް ވިސްނުމަށާއި ބޭކާރު ވާހަކަތައް ދެއްކުމަށް ވަޤުތު ހޭދަކުރުމުގެ ބަދަލުގައި މިބުނި މަގުން ވަޤުތު ހޭދަކުރާށެވެ. މިބަޔާންކުރި ކަންކަމަށް ސަމާލުކަންދީގެން މަސައްކަތްކުރާނަމަ އެމީހަކަށް ހެޔޮރަޙްމަތް ލައްވަވާނެތެވެ. ޝިފާ ދެއްވަވާނެތެވެ. އިން ޝާ ﷲ ނިންމާލަމުން އެންމެ ފަހު ކަމަކަށްވެސް ބުނެލަން ބޭނުމީ ﷲ ތަޢާލާ ނޫން ފަރާތަކުން ވާގިނުއެދޭށެވެ. ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލްކުރާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން