ޝައިޠޯނާ ކިތަންމެ ބޭނުންވިޔަސް މިދުޢާ ކުރާ މީހަކަށް ވަސްވާސްވެސް ނުދެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޝައިޠޯނާ ކިތަންމެ ބޭނުންވިޔަސް މިދުޢާ ކުރާ މީހަކަށް ވަސްވާސްވެސް ނުދެވޭނެ! އިން ޝާ ﷲ

ދުނިޔޭގައި ޝައިޠޯނުން ލެއްވެވުމަށްފަހު އިންސާނުންނަށްވެސް ވަނީ ފުރުޞަތުތަކެއް ދެއްވަވައިފައެވެ. އެއީ ޝައިޠޯނާއަށް އެމީހަކާއި ވައިވެސް ނުއުޅެވޭނެ އަދި ވަސްވާސްވެސް ނުދެވޭނެ މަގުން ކަންކަން ކުރުމުގެ ފުރުޞަތެވެ. އެފުރުޞަތު ތަކުގެ ބޭނުން ހިފުމަކީ އެމީހެއްގެ އިޚްތިޔާރުގައިވާ ކަމެކެވެ. 

އެފުރުޞަތުތަކުގެ ބޭނުން ނުހިފައި ހުރުމަށްފަހު ޤިޔާމަތް ދުވަހު ނަރަކައަށް ވަންނަން ޖެހުމުން ދުނިޔޭގައި އިބިލީސް ލެއްވެވުން ކުށްވެރިކުރުން އެއީ ބަހަނާއަކަށް ނުވާނީ މިހެންވެގެންނެވެ. ލޮބުވެތި އަޚޫންނާއި އުޚުތުންނޭވެ! ޤަބޫލުކުރާށެވެ. މިދުޢާކުރަމުންދާ މީހަކަށް ވަސްވާސްދޭންވެސް ޝައިޠޯނުންނަކަށް ގާތެއް ނުވެވޭނެއެވެ. ވަސްވާނެއް ނުދެވޭނެއެވެ. 

ޝައިޠޯނުންނަށް ވައިވެސް ނޭޅެވޭނެ ދުޢާ: 

ދުޢާ:

رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ

وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ 

ޤުރްއާނުން: 

وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ

وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ 

"އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ޝައިޠޯނުންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ.

އަދި އަޅުގެ ވެރިރަސްކަލާކޮ! އެ ޝައިޠޯނުން ތިމަންއަޅާގެ ގާތަށް ޙާޟިރު ވެދާނެކަމަށްޓަކައި އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ." (އަލްމުއްމިނޫން: 97،98) 

ޔަޤީންކަމާއިއެކު ބުނަމެވެ. މިދުޢާއަކީ މީސްތަކުންނަށްޓަކައި ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ދުޢާއެކެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެމުން ﷲ ތަޢާލާ ބަޔާންކޮށްދެއްވަވާފައިވާ ދުޢާތައް ކުރީމާ ފުއްދަވައި ނުދެއްވަވާނެ ކަމަށް ހީވެސް ނުކުރާށެވެ! ފުއްދަވައި ދެއްވަވާނެކަން ސައްތައިންސައްތަ ޔަޤީނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން