ކުރާ ކުޑަކުޑަ ޢަމަލަކުން ޤިޔާމަތް ދުވަހު ރަސޫލް ޞޢޥ, ގެ ޝަފާޢަތް ލިބޭނެ މީހުންގެ ތެރެއިން އެންމެ އުފާވެރި މީހަކަށްވުމުގެ ފުރުޞަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކުރާ ކުޑަކުޑަ ޢަމަލަކުން ޤިޔާމަތް ދުވަހު ރަސޫލް ޞޢޥ, ގެ ޝަފާޢަތް ލިބޭނެ މީހުންގެ ތެރެއިން އެންމެ އުފާވެރި މީހަކަށްވުމުގެ ފުރުޞަތު-

އަހަރެމެން އެންމެންވެސް އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ ހަމަ އެންމެ ކަމަކަށެވެ. އެއީ ޤިޔާމަތް ދުވަހު ހިތާމަކުރަންނުޖެހި އެންމެ އުފާވެރި މީހަކަށްވުމެވެ.  

أسعد الناس بشفاعتي يوم القيامة من قال لا إله إلا الله خالصا من قلبه

މާނައީ: ގިޔާމަތް ދުވަހުން ތިމަން ކަލޭގެފާނުގެ ޝަފާޢަތް ލިބޭނެ މީހުންގެ ތެރެއިން އެންމެ އުފާވެރި މީހުންނަކީ އިޙްލާސްތެރި ކަމާއެކީ އެމީހެއްގެ ހިތުން لا إله إلا الله ކިޔާ މީހުންނެވެ." 

ޤިޔާމަތް ދުވަހު "ރަސޫލް  ގެ ޝަފާޢަތް ލިބޭނެ މީހުންގެ ތެރެއިން އެންމެ އުފާވެރި މީހުންނަކީ އެމީހެއްގެ ހިތުން لا إله إلا الله ކިޔާ މީހުން" ކަމަށް އޮތުމަކީ ކިހައި އުފަވެރި ވާހަކައެއް ހެއްޔެވެ؟ އެއީ ކޮށްލަން ކިހައި ފަސޭހަ ޢަމަލެއްހެއްޔެވެ؟ ކަލިމަ ކިޔައިލުން ފަސޭހައެވެ. އުނދަގޫ ކަމަކަށްވާނީ ޢަމަލުކުރުމެވެ. އެހެނީ އިޚްލާޞްތެރިކަމާއިއެކު ކިޔުމަކީ ދުލުން ކިޔައި ޢަމަލުކުރުމެވެ. 

މިއީ ޛިކުރެއްގެ ގޮތުގައި ގިންގިނައިން ކިޔަންވެސް އެންމެ މަތިވެރި ކަލިމައެވެ. ވީހައި ގިނައިން ކިޔަމުން ގެންދާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން