ކުރެވޭ ޝައްކުގެ މައްޗަށް ގޮތް ނިންމައި ކައިވެނި ރޫޅުމާ އެކުވެރިންނާ ގުޅުން ކެނޑުމަކީ ދީނީގޮތުންވެސް ދުނިޔަވީގޮތުންވެސް ބޮޑު ނުރައްކަލެއް! އަމިއްލައަށް ލިބިގަންނަ ބޮޑު އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ކުރެވޭ ޝައްކުގެ މައްޗަށް ގޮތް ނިންމައި ކައިވެނި ރޫޅުމާ އެކުވެރިންނާ ގުޅުން ކެނޑުމަކީ ދީނީގޮތުންވެސް ދުނިޔަވީގޮތުންވެސް ބޮޑު ނުރައްކަލެއް! އަމިއްލައަށް ލިބިގަންނަ ބޮޑު އަނިޔާއެއް!

\ޝައްކުކުރެވުމުން ކަމުގެ ޙަޤީޤަތް ނުބަލައި ފިޔަވަޅު އެޅުމަކީ ބޮޑުފާފައެކެވެ. "--- ތިއަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ...." ވަޙީކުރައްވަވާފައިވަނީ ޝައްކުގެ މައްޗަށް ބުރަވެ ކަންކަން ކުރުމުން ލިބިދާނެ ގެއްލުން ބޮޑުކަމުންނެވެ. އަދި މުސްލިމުންނަކީ ޔަޤީންކަމާއިއެކު ކުރިއަށްދާންޖެހޭނެ ބައަކަށްވާތީއެވެ.

ވީމާ ބަލައިލަން މިއުޅެނީ ޝައްކުކުރުމުގެ ހުރި ނުރައްކައުތެރިކަމާއި އެކަމުން ދިރިއުޅުމަށް ލިބޭ ބައެއް ގެއްލުންތަކުގެ މައްޗަށެވެ.

ކައިވެނި ރޫޅުމަކީ އެންމެ ގިނަ ބައަކަށް ކުރިމަތިވަމުން އަންނަ އެންމެ ބޮޑު އެއް މައްސަލައެވެ. އެންމެ ގިނަ ބައަކަށް އެންމެ ބޮޑު ނިކަމެތިކަމެއް ލިބެމުން އަންނަ ސަބަބެވެ! މައިންބަފައިން ދިރިތިބެމެ އަމިއްލައަށް ދަރިން ޔަތީމްކުރެވެމުން ކުރެވެމުން އަންނަ ސަބަބުވެސްމެއެވެ. އަދި އަނހެނުންގެ ތެރެއިން އެންމެ ގިނަބައަކަށް އެންމެ ގިނަ ބައަކަށް އެންމެ ބޮޑު ނިކަމެތިކަމެއް ލިބެމުން އަންނަ ސަބަބުވެސްމެއެވެ. އެހެންކަމުން އިޖުތމާޢީ ގޮތުން ބެލިނަމަވެސް މިއީ މިއީ މުޖުތަމައުގައި އޮތް އެންމެ ބޮޑު މައްސަލަކަމަށްމިވަނީ ވެފައެވެ.

ރޫޅެމުންދާ ކައިވެނިތަކަށްބަލާއިރު ގިނަ އަދަދަދެއްގެ ކައިވެނިތައް ރޫޅެން މެދުވެރިވާ އެއް ސަބަބަކީ އަނެކާގެ މައްޗަށް ތިމާގެ ހިތުގައި އުފެދޭ ޝައްކެވެ. އެ ޝައްކުގެ ސަބަބުން އުފެދޭ ފިތުނައެވެ. ފިތުނައިގެ ސބަބުން އުފެދޭ ޙަސަދައެވެ.

ޙަޤީޤަތަށް ބަލައިފިނަމަ ޝައްކެއް ކުރެވުމުން ގިނަ ބައަކު ދެމީހުންގެ ގުޅުން ހީނަރުކުރެއެވެ. ބައެއް ޙާލަތްތަކުގައި ވާހަކަދެއްކުންވެސް ހުއްޓައިލައެވެ. ކޮށްދޭ ކަންކަންވެސް ކަމުދާކަމަކަށް ނުވެއެވެ. އާޚިރު ނަތީޖާއަކަށްވެގެންދަނީ ކަންކަން ރުޅިއާއި ނަފްރަތަށް ބަދަލުވެ ކައިވެނި ރޫޅިގެންދިއުމެވެ.

ދެވަނަކަމަކަށް ވިސްނައިލަންވީ ތިމާއަށް ހެޔޮއެދޭ އެކުވެރިންނާއި ވަކިވާންޖެހޭ ސަބަބަށެވެ! އެކަމުގެ ސަބަބަކަށްވެސް ވަރަށް ގިނަ ފަހަރުވެފައި އޮންނަނީ ހިތުގައި އުފެދޭ ކުށްހީތަކެވެ. ކުރެވޭ ޝައްކުތަކެވެ. ވީމާ ވިސްނައިލަންވީ މިކަމާއި ގުޅިގެން އޮތް ﷲ ތަޢާލާގެ ވަޙީ ބަސްފުޅަށެވެ.

(އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިއަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބައަކަށް ޣީބަ ނުބުނާށެވެ! ތިއަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިއަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އަލްޙުޖްރާތު: 12)

މިއާޔަތަށް ބަލައިފިނި ކުށްހީތައްކޮށް، ޝައްކުގެ މައްޗަށް ޢަމަލުނުކުރުމަށް ވަޙީކުރައްވަވާފައި ނިންމަވައިލެއްވެވީއެއް ނޫނެވެ. ޖާސޫސް ނުކުރުމަށާއި މީސްތަކުންނާއިމެދު ނުބައި ވާހަކަތައް ދައްކައި ނުފެތުރުމަށްވެސް އެވަނީ އަމުރުފުޅުކުރައްވަވައިފައެވެ. އެއަށްފަހު އަމުރުފުޅުކުރައްވަވާފައި އެވަނީ ތަޤްވާވެރިވުމަށެވެ.

ޝައްކުގެ މައްޗަށް ގޮތް ގޮތް ނިންމައި ކައިވެނި ރޫޅައި މިތުރުން ހަތުރުންނަށް ހެދުން ފަދަ ކަންކަންކުރަން ބިރުވެތިވާންޖެހެނީ ﷲ ތަޢާލާގެ އަމުރުފުޅަށް ބިރުވެތިވުމަށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށެވެ! ތަޤްވާވެރިވުމަށެވެ!

އަބަދުވެސް އިލްތިމާސް މިކުރަނީ ހިތުގައި އުފެދޭ ޝައްކުތަކުގެ ޙަޤީޤަތް ހޯދުމަށެވެ. ސުލާއުފެދޭ ކަންކަން މެދުވެރިވުމުން ސުވާލުކޮށް ކަމުގެ ޙަޤީޤަތް އޮޅުންފިލުވުމަށެވެ. ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަނުކޮށް ފިޔަވަޅު ނުއެޅުމަށެވެ! އަދި އަޅާ ފިޔަވަޅަކީ ހަރުދަނާ، ﷲ ތަޢާލާ އަންގަވާފައިވާ މަގުން އަޅާ ފިޔަވަޅަކަށް ހެދުމަށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން