ދިރިއުޅުން އުފާވެރިކުރަން ބޭނުންނަމަ ކަމެއް ގޯސްވާއިރަށް ފުރަތަމަކަމަކަށް ބައިވެރިޔާ، މައިދައިތަ، ޅިޔަންފަހަރިންނާ އެކުވެރިން ކުށްވެރިކުރުމުގެ ނުބައި އާދަ ދޫކޮށްލަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ދިރިއުޅުން އުފާވެރިކުރަން ބޭނުންނަމަ ކަމެއް ގޯސްވާއިރަށް ފުރަތަމަކަމަކަށް ބައިވެރިޔާ، މައިދައިތަ، ޅިޔަންފަހަރިންނާ އެކުވެރިން ކުށްވެރިކުރުމުގެ ނުބައި އާދަ ދޫކޮށްލަންޖެހޭ!

ދިރިއުޅުން ކަމަށް މިކިޔަނީ ދެމަފިރިއަކު އެކުގައި އުޅުމަށެވެ. އެކުގައި އުޅޭ ގޮތަށެވެ. ލިބޭ ދަރިން ބލަހައްޓައި ތަރުބިއްޔަތުކުރުމަށެވެ. އަދި އެކަނިހުރި މީހަކު ނަމަ އެމީހަކު ކުރާ ކަންކަމަށެވެ. ޢަމަލުކުރާ ގޮތަށެވެ. ވީއިރު ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތައް އހެން ބައަކާއި ގުޅުވައިގެން ކރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

ދިރިއުޅުމަށް އެހެން ބައެއްގެ ނުފޫޒު ފޯރުވާނަމަ އެކަމުން ސަލާމަތްވުމަކީ ދެމަފިރިންގެ ކަމެކެވެ. ނުފޫޒު ނުފޯރުވޭނެ ގޮތަށް ދިރިއުޅުމުގެ ކަންކަން ބަދަލުކުރުމަކީ ދެމްފިރިންގެވެސް މަސްއޫލިއްޔަތެކެވެ. ދިރިއުޅުމުގައި ދެމަފިރިންގެ ދައުރު ވަރަށް ތަފާތެވެ. އެއީ ދެ ދައުރެކެވެ. އެމީހާގެ ދައުރު ފުރިހަމަ ގޮތުގައި އަދާކުރުމަކީ އެމީހެއްގެ ކަމެކެވެ.

ވީމާ އެއްވެސް ކަމެއް ގޯސްވެއްޖެނަމަ ފުރަތަމަ ކަމަކަށް އެކަން މެދުވެރިވުމުގައި ތިމާގެ އިހްމާލަކީ ކޮބައިކަން ދެނެގަންނާށެވެ! އެއަށްފަހު އެކަމެއް އިޞްލާޙްކުރާށެވެ! ބައިވެރިޔާއަށް ނުރަނގަޅުކަމެއް ކުރެވުނު ނަމަވެސް ފުރަތަމަ ކަމަކަށް ރުޅިއިސްނުކުރާށެވެ! އެކަން މެދުވެރިވުމުގައި ތިމާގެ އިހްމާލެއް އޮތްކަން ނުވަތަ ނެތްކަން ދެނެގަންނާށެވެ!

ﷲ ތަޢާލާ ވަނީ ކޮންމެ މީހަކާއިވެސް މސްއޫލިއްޔަތުތަކެއް ޙަވާލުކުރައްވަވައިފައެވެ. ކައިވެންޏަށްފަހު ފިރިމީހާއަށް އިސްކަން ލިބެނީ މަސްއޫލިއްޔަތުތަކަކާއިއެކުގައެވެ. އެަސްއޫލިއްޔަތުތައް ތިމާއަށް ފުރިހަމައަށް އަދާކުރެވޭކަން ކަށަވަރުކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. ހަމައެފަދައިން އަނބިމީހާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަކީ އަބިމީހާގެ ވާޖިބެކެވެ. ދިރިއުޅުން މައްސަލަތަކުން ސަލާމަތްކުރެވޭނީ 2 މީހުންވެސް އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކަންކަން ފުރިހަމަކުރިވަރަކުންނެވެ. އެހެން ބައަކު ކުށްވެރިކުރުމަކުން ނޫނެވެ.

ދިރިއުޅުމުގެ އެއްވެސް ކަމެއް ގޯސްވާއިރަށް ފުރަތަމަކަމަކަށް ބައިވެރިޔާ، މައިދައިތަ، ޅިޔަންފަހަރިން، އެކުވެރިން ކުށްވެރިނުކުރާށެވެ! ނުވަތަ އެނޫން ބައެއްގެ ބޮލުގައި ބަދުނާމް އަޅުވަން އަވަސްވެނުގަންނާށެވެ! އެކަމުގަ ތިމާގެ އިހްމާލަކީ ކޮބައިކަމާމެދު ވިސްނާށެވެ! އެހެން މީހުން ކުށްވެރިކުރަންވާނީ އެއިގެފަހުންނެވެ.

ދިރިއުޅުމުގެ ގިނަ ކަންކަން ގޯސްވެގެންދަނީ ކޮންމެ ކަމެއްވުމުން އެހެން ބައަކު ކުށްވެރިކުރަން އަވަސްވެގަނެވޭތީއެވެ. ބޮލުގައި އަޅުވާނެ މީހަކު ނުފެނިއްޖެނަމަ އަވަށްޓެރިންގެ ބޮލުގައިވެސް އެބަ ކަންކަން އަޅުވައެވެ. ބައެއްގެ ބޮލުގައި ކަންކަން އެޅުވުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އެމީހުންނަށް ހިތްނުބައިކޮށް އެއްޗެތިގޮވުމުން ތިމާގެ ދިރިއުޅުމަށް ލިބޭނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟

ކުރިން މިބުނިފަދައިން ޙައްލަކީ ދިރިއުޅުމުގެ ޒިންމާ އަމިއްލައަށް ނެގުމެވެ. ކައިވެނިކޮށް ދިރިއުޅުމެއް ފަށަންވާނީ މިފަދަ ހުރިހާ ކަންކަމަށް ވިސްނުމަށްފަހުގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން