"ތިމާގެ ބަރަހަނާ ފޮޓޯ ތިމާގެ ރުހުމުގައި ވިޔަސް އެހެން މީހަކަށް ފޮނުވުމަކީ ބޮޑުވެގެންވާ ޙަރާމްކަމެކެވެ. ބޮޑުވެގެންވާ ޖަރީމާއެކެވެ. "ސެކްސްޓިންގ" އޭ ކިޔައި ރައްބެއް ރަސޫލެއް ގަބޫލުނުކުރާ ނަޖިސް ކާފަރުން އުޅޭ ގޮތަށް އުޅުމަކީ މައްސަލައެއް ނޫނޭ ބުނާނީ ޝައިޠާނެކެވެ. ދައްޖާލެކެވެ."
އެ ކަންކަމުން ދުރުހެލިވާށެވެ. އެފަދަ ފޮޓޯއެއް ލީކުވާއިރު ތިމާގެ އަބުރާއި މުޅި ޢާއިލާގެ އަބުރު ދާނީ ވެއްޔާ މޮޑެވިގެންނެވެ. އެއީ ތައުބާ ވިޔަސް އެ ފާފައިގެ އަސަރު އެންމެންނަށް ފެންނާން ހުންނާނޭ ނުބައި ފާފައެކެވެ.
އަޚުންނާއި އުޚްތުންނޭވެ! މާތް ﷲ ޙަރާމްކުރެއްވި ކަންކަމާ ކައިރިނުވާށެވެ. ޙަލާލު ހެޔޮ ގޮތުގައި ދުނިޔޭގައި އުޅެވޭތޯ ބަލާށެވެ. ޙަރާމް ގުޅުންތައް ނުއުފައްދާށެވެ. ޝައިޠާނާ ތިބާ ވާވެއްދިޔަ ނުދެށޭވެ.
- ޝައޚް ޝަފީޢު ޢަބްދުﷲ
— Shafeeu Abdullah (@shafeeu26) December 10, 2022