މީސްމީހުންގެ ކުށް ހޯދަންއުޅުމާ އެފަދަ ވާހަކަތައް ދެއްކުމުން ލިބޭނީ އިތުރުފާފަ! މަސައްކަތްކުރަންވީ ހެޔޮ ޢަމަލެއް ކުރެވޭތޯ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މީސްމީހުންގެ ކުށް ހޯދަންއުޅުމާ އެފަދަ ވާހަކަތައް ދެއްކުމުން ލިބޭނީ އިތުރުފާފަ! މަސައްކަތްކުރަންވީ ހެޔޮ ޢަމަލެއް ކުރެވޭތޯ!

މިހާރަކަށް އައިސް ގިނައިން ފެންނަނީ ކޮންމެ މީހަކުވެސް ކޮންމެވެސް ފަތުވާއެއް ދެވޭތޯ އުޅޭތަނެވެ. ދީނުގެ ކޮންމެވެސް ކަމެއް އޮތް ގޮތް ބުނެދޭން އުޅޭތަނަށްވުރެ ގިނައިން ފެންނަނީވެސް ކޮންމެވެސް ކަމަކާއި ގުޅިގެން މައްސަލައެއް ނެރެގެން މީސްތަކުންގެ މެދުގައި އެކަން ފަތުރަން އުޅޭތަނެވެ. "މިވެނި ޝައިޚަކު މިހެން ބުނެފި. އެވެނި ޝައިޚަކު ބުނީ މިހެން،" ކިޔައިގެން ވާހަކަތައް ފަތުރަން އުޅޭތަނެވެ. 

ޝައިޚުންގެ ވާހަކަފުޅު ތަފާތުވެދާނެއެވެ. އެއީ ބައެއް ކަންކަމުގައި ޢަމަލުކުރަންވީ ގޮތުގެ ގިނަ ޙަދީޘްފުޅުތަކެއް ހުރުމުންނެވެ. ޞައްޙަ ކޮންމެ ޙަދީޘްފުޅެއްގައިވެސް އެއޮތީ ހަމަ ރަނގަޅަށެވެ. އެއަކު އެއްވެސް މައްސަލައެއް ނެތެވެ. 

ޝައިޚުން ނަޞޭޙަތްދެއްވާނީ އެ ޝައިޚަކު ބޮޑަށް ބުރަވެވަޑައިގަންނަވާ ގޮތް ހާމަކޮށްދެއްވުމަށެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ޤަބޫލުކުރަންވީ ކަމަކީ ޞައްޙަ ޙަދީޘްފުޅަކުން ޙުކުމްފުޅު ނެރުއްވަވާނަމަ އެއޮތީ ހަމަ ރަނގަޅަށަ ކަމެވެ. 

ވީމާ މިފަދަ މައްސަލަތަކުގައި ހިފައިގެން ދެކޮޅަށް ދުވުމުގެ ބަދަލުގައި ތިމާއަށް ކުރެވެން ހުރި ކަންކަން ކުރަން އުޅުން މާރަނގަޅުވާނެއެވެ. މަސައްކަތްކުރަންވީ ހެޔޮ ޢަމަލުކުރުން ގިނަކުރެވޭތޯއެވެ. ރަނގަޅަށް ނުއެނގޭ ޙާލު ޝައިޚުން ކުށްވެރިކުރުމުން ވާނީ ފާފަވެރިއެވެ. ތިމާއަށް ޘަވާބުލިބޭނީ ތިމާ ހެޔޮ ޢަމަލު ކުރިވަރަކުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން