މުހިންމު ސުވާލެއް!: ތިމާއަށް އެބަ ﷲ އަށް ބިރުވެތިވެވޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
މުހިންމު ސުވާލެއް!: ތިމާއަށް އެބަ ﷲ އަށް ބިރުވެތިވެވޭހެއްޔެވެ؟

ބޭކަލަކު ވަރަށް ގިނައިން ކަރުނަ އަޅުއްވާތީ ސުވާލުކުރުމުން ވިދާޅުވިއެވެ. 

"އަހުރެންނަށް ކުރެވޭ ފާފަތައް ﷲ ވަގުތުން ދެކެވޮޑިގެންވާއިރު އަހުރެންނަށް ކޯފާއެއް ލައްވަވައިފާނެތީއެވެ. ތިބާ ތިހުރީ ތިމަން ﷲ ގެ ރަޙްމަތުން ބޭރުކުރައްވަވާފައިކަމަށް ވަޙީކުރައްވަވައިފާނެތީއެވެ." 

ކޮންމެ މީހަކު އަމިއްލަ ނަފްސާއި ކޮށްލަން ޖެހޭ ސުވާލަކީ ތިމާގެ ހިތުގައި މިފަދަ ބިރުވެރިކަން އުފެދޭ ހެއްޔެވެ؟ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓޭނީ ﷲ ތަޢާލާއަށް ބިރުވެތިވެވިގެންނެވެ. ބިރުވެތިނުވެވޭނަމަ ފާފަކުރަން ޖެހިލުމެއް ނުވެވޭނެއެވެ. 

އެބޭކަލަކު ވިދާޅުވެފައި އެވަނީ ވަރަށް މުހިންމު ބަސްފުޅެކެވެ. ކޮންމެ މުސްލިމަކުވެސް ވިސްނައި ސަމާލުކަން ދޭންޖެހޭނެ ބަސްފުޅެކެވެ. އެހެނީ ނަރަކައިން މިންޖުވެވޭނީ ﷲ ތަޢާލާއަށް ބިރުވެތިވާ ޙާލު ދުނިޔޭގައި އުޅެވުނުނަމައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން