ސުވާލު:. މަންމަގެ މުދާ މަންމަ ދުނިޔޭގައި ހުރެ ދަރިންގެ ތެރެއިން މަންމަ ބޭނުން ދަރިއަކަށް ދިނުމާއިމެދު އިސްލާމްދީނުގައި އޮންނަނީ ކިހިނެއްތޯ؟
ޖަވާބު:. ހުރިހާ ދަރީންގެ މެދުގައި ޢަދުލުވެރިކޮށް ބަހަން ވާނީ
މަންމައާ ގުޅުންހުރި އިތުރު 2 ސުވާލު:
ސުވާލު:. ދަރިއަކު މަންމައަށް ދަރާފައި އޮތް ލޯނެއް އޮއްވައި، މަންމަ ނިޔާވެއްޖެ ނަމަ، ދެން އެ ލޯނު އަދާކުރަން ހަދަން ޖެހޭނީ ކިހިނެއްތޯ؟ ދެން ތިބި ދަރިންނަށް މާފުދެވިދާނެތޯ؟
ޖަވާބު:. މަންމަގެ ވާރުތަވެރިން މާފުކޮށްފި ނަމަ، މާފުވާނެ. ނޫން ނަމަ އެ ދަރަނި ވާރުތަވެރިންނަށް ރައްދުކޮށްދޭން ޖެހޭނެ.
ސުވާލު:. މަންމައަކު ރުޅިއައިސްގެން ދަރިއަކާ ދިމާއަށް ބުނަނީ "މަންމަ މަރުވީމަ މޫނު ދެކެން އައިސްގެން ނުވާނެއޭ. އައިއްސިއްޔާ ކައްވަޅުގައި ވެސް އޮންނަން އުނދަގޫވާނޭ މަންމައަށް" ދެން އެ ދަރި ކަންތައް ކުރަން ޖެހޭނީ ކިހިނެއް؟
ޖަވާބު:. މަންމަ ބުނި ނަމަވެސް އެއީ ރަނގަޅު ވާހަކައެއް ނޫން. އެ ގޮތަށް އަމަލުކޮށްގެން ނުވާނެ.
- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް