ތިބާއަށް ހިތްދަތިކަން ލިބޭ ވަޤުތުތަކުގައި ﷲ ތަޢާލާ ތިބާ އާއިއެކު ވޮޑިގެންވާނެ މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ތިބާއަށް ހިތްދަތިކަން ލިބޭ ވަޤުތުތަކުގައި ﷲ ތަޢާލާ ތިބާ އާއިއެކު ވޮޑިގެންވާނެ މަގު-: މުފްތީ މެންކް

ޙަދީޘްފުޅުގައިވަނީ އުފާވެރިކަމުގެ ދުވަސްތަކުގައި ތިބާ ﷲ ތަޢާލާ އާއިއެކުގައިވުމަށެވެ. އެއިރުން އުފާވެރިކަމުގެ ދުވަސްތަކުގައި ﷲ ތަޢާލާ އާއިއެކު ވޮޑިގެންވާނެ ކަމަށެވެ. ވީމާ އަހަރެމެން މަސައްކަތް ކުރަމުން ގެންދަންވީ ތިމާ އާއިއެކު އަބަދުވެސް ﷲ ތަޢާލާ ވޮޑިގެންވާނެ މަގުން ޢަމަލުތައް ކުރަމުން ގެންދިއުމަށެވެ. 

އުފާވެރިކަމުގައި ހުންނަން ލިބޭ ވަޤުތުތަކުގައި ﷲ ތަޢާލާއަށް ޝުކުރުވެރިވާ އަޅަކު ކަމުގައިވާށެވެ. ހިތާމަތަކާއި ކުރިމަތިވުމުން ކެތްތެރިވެލާށެވެ. ދާދި އަވަހަށް ހިތާމަތައް ފިލުއްވަވައި އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. 

އުފާވެރިކަމުގައި ހުންނަން ލިބޭ ދުވަސްތަކުގައި ޝުކުރުވެރިވުމުގެ ގޮތުން ޛިކުރުކުރުން ގިނަކުރާށެވެ. ހިތާމަތައް ކުރިމަތިވުމުން އެކަންކަން ފިލުއްވަވައި ދެއްވެވުން އެދިގެންވެސް ޛިކުރުކުރުން ކުރިއަށްވުރެވެސް ގިނަކޮށްލާށެވެ. ފުރިހަމަ މުއްމިނުންގެ ގޮތަކީ މިއީއެވެ. 

ފުރިހަމަ މުއުމިނެއް ނަމަ އުފާވެރިކަމުގެ ދުވަސްތަކުގައިވެސް ހުންނާނީ އުފަލުންނެވެ. ހިތާމައިގެ ދުވަސްތަކުގައިވެސް ހުންނާނީ އުފަލުންނެވެ. ސަބަބަކީ އުފާވެރިކަމާއި ހިތްދަތިކަންވެސް ކުރިމަތި ކުރައްވަވަނީ ހަމަ ﷲ ތަޢާލާކަން އެމީހަކަށް ޤަބޫލުކުރެވޭނެއެވެ. ވީމާ ކަންބޮޑުވެ މޫނުހެދުން ފަދަ ކަންކަމެއް ނުކުރާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން