އަމިއްލަ ރަށުގަ ހުރެގެން ދީނަށް ނަޞްރުދޭ މީހަކަށްވާން ކޮންމެ މުސްލިމަކަށްވެސް ކުރެވެންހުރި ކަންކަން ބައިވަރު!-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަމިއްލަ ރަށުގަ ހުރެގެން ދީނަށް ނަޞްރުދޭ މީހަކަށްވާން ކޮންމެ މުސްލިމަކަށްވެސް ކުރެވެންހުރި ކަންކަން ބައިވަރު!-

ވަރަށް ގިނައިން އިވޭއަޑެކެވެ. "އިސްލާމް ދީނަށް ދަޢުވަތުދޭ މީހަކަށްވާން ބޭނުމެވެ. އެހެނަސް އެހެން ޤައުމަކަސް ދިއުމުގެ މާލީ ތަނަވަސްކަމެއް ނެތެވެ." އަހުރެން ބުނާނީ މާލީ ތަނަވަސްކަން ނެތްނަމަވެސް އިސްލާމް ދީން ފެތުރިދާނެއެވެ. އެމީހާގެ އަމިއްލަ ރަށުގައި ހުރެގެން އެކަން ކުރެވިދާނެއެވެ. 

އެކަންކުރަން ކުރަންޖެހޭ ކަމަކީ އިސްލާމް ދީނަށް ޢަމަލުކުރުމެވެ. ތިމާގެ ކިބައިން އެކަންކަން މީސްތަކުންނަށް ފެނުމެވެ. ނަމަވެސް މިއަދު ގިނަ މީހުން ކުރާކަމަކީ އިސްލާމް ދީނުގެ މަތިވެރިކަމާއި އިސްލާމް ދީނަށް ޢަމަލުކުރުމުގެ މުހިންމުކަން ބޮޑުކަމުގެ ވާހަކަދެއްކުމެވެ. ޢަމަލުކުރަނީ މަދުމީހެކެވެ. 

އެހެންވީމާ ވާނީ ކިހިނެއް ހެއްޔެވެ؟ ދަރިންގެ ކުރިމަތީގައި ބައްޕަ ސިގިރޭޓްބޮމުން ދަރިން ގާތުގައި ސިގިރޭޓް ނުބޯން ބުނީމާ ވާނެގޮތް ނޫންހެއްޔެވެ؟ ތިމާ ނަމާދުނުކޮށްހުރެ އެހެން މީހުންގެ ގާތުގައި ނަމާދުކުރަންޖެހޭނެ ކަމަށް ބުނީމާ ވާނެގޮތް ނޫންހެއްޔެވެ؟ 

މީސްތަކުންނޭވެ! އެންމެ މަތިވެރިކަންބޮޑީ އިޙްޞާންތެރިކަމުގައެވެ. އިޙްޞާންތެރިއަކަށް ވެވޭނީ ތިމާއަށް ﷲ ތަޢާލާ ނުފެނުނު ނަމަވެސް ﷲ ތަޢާލާ ފެންނަނަމަ ޢަމަލުކުރާނެ ފަދައިން ޢަމަލުކުރީމައެވެ. ވީމާ ފުރަތަމަކަމަކަށް އަހަރެމެން މީސްތްކުންނަށް ދައްކައިދޭންވީ އިޙްޞާންތެރިކަމެވެ.

ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުން މިއަދު މިދަނީ ގިނަވެ ޢާންމުވަމުންނެވެ. މިޙާލަތުގައި މުސްލިމުންނަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފުރިހަމަ ގޮތުގައި މުސްލިމުން ކަމުގެ ނަމޫނާ ދެއްކުމެވެ. މިސާލަކަށް މަގުމަތިން މީހެއްގެ ވޮލެޓް ފެނުނީއެވެ. އަމާނާތްތެރިކަމާއިއެކު ވެރިމީހާ ހޯދައި ޙަވާލުކުރާށެވެ! އަދި ބުނާށެވެ. "އަހުރެން ތެދުވެރިވީ ﷲ އަށެވެ. ﷲ އަންގަވާފައިވަނީ ކޮންމެ އެއްޗެއްވެސް އެއިގެ ޙައްޤުވެރިންނަށް އަމާނާތްތެރިކަމާއިއެކު ރައްދުކޮށްދިނުމަށެވެ." މިމޭރުމުން ބުނެވިއްޖެނަމަ އެމީހެއްގެ ހިތުގައި ﷲ ތަޢާލާ އަށާއި އިސްލާމް ދީނަށް ލޯބި އިތުރުވެގެންދާނެއެވެ. އިންޝާ ﷲ 

މިހިރީ ހަމަ އެމީހެއްގެ ރަށުގައި ހުރެގެން އިސްލާމް ދީން މަތިވެރިކުރަން ކޮންމެ މީހަކަށްވެސް ކުރެވެންހުރި ކަންކަމެވެ.

 

- އަލަފް

މިއަދު އޮންލައިން