ދެއްވެވި ދަރިންގެ ޖިންސަށް ނުބަލާ، އިސްލާމީ ތަރުބިއްޔަތު ދެވިއްޖެނަމަ ފައިދާކުރާނެ!: އިން ޝާ ﷲ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ދެއްވެވި ދަރިންގެ ޖިންސަށް ނުބަލާ، އިސްލާމީ ތަރުބިއްޔަތު ދެވިއްޖެނަމަ ފައިދާކުރާނެ!: އިން ޝާ ﷲ: ޑރ. އިޔާޟް

ސުވާލު:. އަޅުގަނޑަށް ލިބުނީ ހުސް ފިރިހެން ދަރިން. މީހުން ބުނޭ އަންހެން ދަރިއަކު ނެތީމަ އަޅުގަނޑު މުސްކުޅިވާ ދުވަހު ވަރަށް އެކަނިވެރިވާނެޔޭ. އަދި ބައްޔެއް ވެއްޖެއްޔާ ދަރިއަކު އެހީވާނެހާ ރަނގަޅު ދަނބިދަރިއަކު ނުވާނެއޭ. މިއީ ކިހާވަރެއްގެ ހަގީގަތެއްތޯ؟ 

ޖަވާބު:. ﷲ އިރާދަކުރެއްވި އަޅަކަށް ފިރިހެން ދަރިން އަދި އިރާދަކުރެއްވި އަޅަކަށް އަންހެން ދަރިން އަދި އިރާދަކުރެއްވި އަޅަކަށް ދަރިން ނުލިބޭ ގޮތުގައި ލައްވައެވެ. ލިބިފައި ތިބި ކުދިންނަށް އިސްލާމީ ތަރުބިއްޔަތު ދެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ. އެއިރުން އިންޝާ ﷲ ދެ ދުނިޔޭގައި ބާއްޖަވެރިކަން ލިބޭނެއެވެ. 

އިތުރު ދެ ސުވާލު: 

ސުވާލު:. ކިއްޕަތީގެ އިސްތަށި ޖެހޭނީ އުފުރަންތޯ ނޫނީ ބޭލިޔަސް އޯކޭ ވާނެތޯ؟

ޖަވާބު:. ބޭލިޔަސް ރަނގަޅުވާނެ 

ސުވާލު:. އަންހެންކުދިން ފައިގައި އަނގޮޓި އެޅުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޖަވާބު:. ހުއްދަ ކަމެއް

މިއަދު އޮންލައިން