ރުޅި އަންނަހިނދު ނުބައިބަސްތައް ބުނެވުމުން ސަލާމަތްކަން ދެއްވެވުން އެދި މިފަދަ ދުޢާ ކުރައްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރުޅި އަންނަހިނދު ނުބައިބަސްތައް ބުނެވުމުން ސަލާމަތްކަން ދެއްވެވުން އެދި މިފަދަ ދުޢާ ކުރައްވާށެވެ!

ރުޅި އަންނަ ހިނދު ދުލުން ބުނެ ނުބައި ބަސްތައް ބޭރުކުރެވޭކަން އެއީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ކުށެވެ. އެހެނީ: 

- އެފަދަ ބަސްތަކުގެ ސަބަބުން އަނެކާގެ ހިތް ކަތިލެވިގެންދެއެވެ.

- އަނެކާގެ ހިތުގައި ޙަސަދަ އާއި ރުޅިވެރިކަން އުފެދިގެންދެއެވެ.

- އަނެކާއަށް ކުރެވޭ އެންމެ ބޮޑު އަނިޔާކަމަސްވެގެންދެއެވެ.

- ތިބާ ދެކެ އެންމެ ބޮޑަށް ފޫހިވާ ސަބަބު ކަމަށްވެގެންދެއެވެ.

- ދެމަފިރިން އެކުގައި ނޫޅެން ނިންމާ ސަބަބުކަމަސްވެގެންދެއެވެ.

- ކޮށްދީފައި ހުންނަ ހެޔޮކަންކަން ހަނދާންނެތިގެންދާ ސަބަބަށްވެގެންދެއެވެ. 

މިފަދަ ޙާލަތުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. މިފަދަ ޢިބާރާތަކުން ދުޢާ ކުރެވިދާނެއެވެ! 

"ޔާ ރައްބު! ރުޅި އަންނަ ހިނދުގައްޔާއި އެނޫން ޙާލަތްތަކުގައިވެސް ހެޔޮ ބަހެއް ނޫނީ މިއަޅާއަށް ނުބުނެވުމަށް މިންވަރުކުރައްވަވާނދޭވެ!" އާމީން

"ރާ ރައްބު! ނުބައި ބަސްބުނެވުމުން މިއަޅާގެ ދޫ ރައްކައުތެރިކުރައްވަވާނދޭވެ! ރުޅި އަންނަހިނދު ހެޔޮ ބަސް ބުނުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން 

އެންމެ ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހެނީ އެމީހުންގެ ދުލާއި ޖިންސީ ގުނަވަނުގެ ސަބަބުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ދުނިޔޭގައި މީހާއަށް އެންމެ ބޮޑަށް ގެއްލުން ދޭ ޢަމަލަކީ ނުބައި ބަސްތައް ބުނެވުންކަން ދުނިޔަވީ ތަޖުރިބާއިން ޔަޤީންކުރެވެއެވެ. ވީމާ ދުލުން ނުބައި ބަސްތައް ބުނުމުން ސަލާމަތްވެ ހުންނަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ!  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން