ޢަލީގެފާނުގެ މިވަޞިއްޔަތްފުޅަށް ޚާއްޞަ ސަމާލުކަމެއް ދެމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޢަލީގެފާނުގެ މިވަޞިއްޔަތްފުޅަށް ޚާއްޞަ ސަމާލުކަމެއް ދެމާ!

"ފާފަ ވެރިންނާއިއެކުގައި ނުވާށެވެ! ފާފަވެރިންގެ ޢަމަލުތައް ދިފާޢުކޮށްދީ އެއީ ރަނގަޅު ކަންކަން ކަމަށް ދައްކުވަން މަސައްކަތް ނުކުރާށެވެ! އޭނާ ބޭނުންވާނީ އޭނާ ފަދަ މީހަކަށް ތިބާވެސްވުމަށެވެ! އެކަމަށް ތިބާ ލެންބުވުމަށްޓަކައި އޭނާ ކުރާ ނުބައި އަމަލުތަކަކީ ރިވެތި، ރަނގަޅު ކަންކަންކަމުގައި ތިބާއަށް ދައްކުވަން މަސައްކަތްކުރާނެއެވެ!"

- ޢަލީގެފާނު 

މުސްލިމް މުޖުތަމާއުތަކަށްވެސް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ގުޅުން ބަދަހިކުރުމުގެ ނަމުގައި ކާފިރުން ކުރާ ނުބައި ޢަމަލުތައް ރީތިކަމަށް ހަދައި ތަރުޙީބުދިނެވެ. ޤިޔާމަތް ދުވަހަކު ބައިނަލްއަޤްވާމީގެ އެއްވެސް އަގެއް ނެތެވެ. ބައިނަލްއަޤްވާމީން ކުރާނެ ފައިދާއެއްވެސް ނެތެވެ. 

ފައިދާކުރާނީ ޤުރްއާނާއި ސުންނަތުންނެވެ. ޤުރްއާނާއި ސުންނަތަށް ޢަމަލުކުރެވުނުވަރަކުންނެވެ. ދުނިޔޭގައި މީސްތަކުން އުޅޭ ގޮތް ދެނެގަންނަން އަނގަވާފައި އޮތީ ފާފަކުރާތަން ފެނުމުން ފާފަކުރާކަށް ނޫނެވެ! އެކުރަނީ ފާފަކަން ދަސްކޮށް އެކަންކަމާއި ގާތް ނުވުމަށެވެ.

 

މިއަދު އޮންލައިން