އަންހެން ދަރިން ލިބުމުން ރަނގަޅު ގޮތުގައި ބަލަހައްޓައި ތަރުބިއްޔަތުކޮށް ޢިއްފަތްތެރިކަމާއިއެކު ފިރިއަކާއި ޙަވާލުކުރެވުމަކީ ސުވަރުގެ ލިބުމަށް އޮތް މަގެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަންހެން ދަރިން ލިބުމުން ރަނގަޅު ގޮތުގައި ބަލަހައްޓައި ތަރުބިއްޔަތުކޮށް ޢިއްފަތްތެރިކަމާއިއެކު ފިރިއަކާއި ޙަވާލުކުރެވުމަކީ ސުވަރުގެ ލިބުމަށް އޮތް މަގެކެވެ!

އަނބިންނަށް ހެޔޮކޮށް ހިތައި، އެކަނބަލުންގެ ކަންކަން ރަނގަޅު ގޮތުގައި ބަލަހައްޓައި އެކަނބަލުންނަށް އެހީތެރިވެދީ އެކަނބަލުންނަށް ރައްކައުތެރިކަން ފޯރުކޮށްދިނުމަކީ ފިރިންގެ މައްޗަށް އޮތް ވާޖިބެކެވެ. ހަމައެއާއިއެކު އަންހެން ދަރިން ލިބުމުން ރަނގަޅު ގޮތުގައި ބަލަހައްޓައި ތަރުބިއްޔަތުކޮށް ޢިއްފަތްތެރިކަމާއިއެކު ފިރިއަކާއި ޙަވާލުކުރެވުމަކީ ސުވަރުގެ ލިބުމަށް އޮތް މަގެކެވެ. 

"އަންހެނުންނަށް އިހްތިރާމްކުރަން ދަސްކޮށްދޭން ޖެހެއެވެ. އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވާފައިވާ ޤަދަރު އެއީ ކޮންމެ ޙާލަތެއްގައިވެސް މަތިވެރި ޤަދަރެކެވެ. އަންތބަކަށް ވިޔަސް އަންހެން ދަރިއަކަށްވިއަސްވެސް، އަންހެނަކަށްވިޔަސް، ދައްތަ، ކޮއްކޮއަކަށްވިޔަސް އަދި މަންމަކަމުގައިވީނަމަވެސްމެއެވެ" ޢިލްމުވެރިން މިފަދަ ބަސްފުޅުތައް ވިދާޅުވެފައިވަނީ މި ބަޔާންކުރި ކަންކަމަށް ރިޢާޔަތްކުރައްވަވައެވެ. 

އިސްލާމް ދީނުގައި އަންހެނުންގެ މަޤާމަކީ މަތިވެރި މަޤާމެއްކަން އެނގިގެންދަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އިސްލާމް ދީނުގައި އަންހެނުންނަށް މަޤާމެއް ނެތްކަމަށް ބުނަނީ މިކަންކަން ނުއެނގޭތީއެވެ. އަންހެނުންނަށް ޙައްޤު މަޤާމު ނުލިބޭ އެއްވެސް ކަމެއް ނެތެވެ. އެ މަޤާމް މީހަކު ނުވަތަ ބައަކު ނުދިނުމަކީ އިސްލާމް ދީނުގެ މައްސަލައެއް ނޫނެވެ. އެއީ އެބައެއްގެ ޖާހިލުކަމެވެ!

ރަސޫލް () ދެއްވެވި ޙައްޖު ޚުޠުބާގައި އަންހެނުންގެ ޙައްޤުތައް ބަޔާންކުރައްވަވައި ދެއްވެވި މިންވަރާއި އަންހެނުންނަށް ހެޔޮކޮށް ހިތަން ވަޞިއްޔަތް ކުރެއްވެވި މިންވަރު މިބުނި ބަސްތަކުގެ ދަލީލަކަ ފުދޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން