ކޮންމެ މީހެއްގެ ކިބައިން ނަމަވެސް ޙައްޤު ބަހެއް އަޑުއިވިއްޖެނަމަ އޮތީ އަވަހަށް ޢަމަލުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކޮންމެ މީހެއްގެ ކިބައިން ނަމަވެސް ޙައްޤު ބަހެއް އަޑުއިވިއްޖެނަމަ އޮތީ އަވަހަށް ޢަމަލުކުރުން!

ކިތަންމެ ރަނގަޅު ނަޞޭޙަތެއް ޝައިޚަކު ދެއްވިނަމަވެސް "ތިއައީ މިވެނި މީހެއް ނޫންހޭ! އަޑުވެސް ނުއަހާނަމޭ!" ބުނާ މީހުން ދަނީ ގިނަވަމުންނެވެ. ގިނަ ފަހަރަށް މިފަދަ މައްސަލަތައް ކުރިމަތިވަނީ ސިޔާސީ ވިސްނުމާއި ގުޅިގެންނެވެ. ނުވަތަ ދީނުގެ ކަމެއްގައި އެމީހާ ޤަބޫލުކުރާ ގޮތް ނޫން ގޮތަކަށް ޝައިޚް ފަތުވާއެއް ދެއްވާފައި އޮތުމުންނެވެ. 

ދީނީ ޢިލްމުވެރިން ވިދާޅުވާ ބަސްފުޅުތަކާއިމެދު މިމޭރުމުން ވިސްނަންވެއްޖެ ނަމަ ވަރަށް ނުރައްކައުތެރި މައްސަލަތައް ކުރިމަތިވުން ގާތެވެ. އަދި އެކަމުގެ ނާޖާއިޒު ފައިދާ ނަގަނީ ދީނަށް ގެއްލުންދޭން އުޅޭ މީހުންނެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. 

މިމައްސަލައިގައި ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވަނީ މިފަދައިންނެވެ.   

ކޮންމެ ފިކުރެއްގެ މީހަކު ނަމަވެސް އިސްލާމް ދީނަށް ކުރިއެރުންލިބޭފަދަ ބަހެއް ބުނެފިނަމަ ނުވަތަ އިސްލާމް ދީނުގައި އޮތް މަގުން ކަމެއް ކުރަން ބުނެފިނަމަ އޮތީ ބުނި މީހާބަލައި އިންކާރުކުރުމެއް ނޫނެވެ. އެކަން ބަލައިގަނެ ޢަމަލުކުރުމެވެ.   

"މިސާލަކަށް މީހަކު ބުނެފާނެ ﷲ ގެ މަގުގަ ޞަދަޤާތްކުރާށޭ! ކިހިނެއްތޯ އެވާހަކަ އެބުނި މީހާއަށް ބަލައި މިވެނި މީހަކު ބުނިކަމަށްޓަކައި ޞަދަޤާތް ނުދޭށޭ އަޅުގަނޑުމެން ބުނާނީ؟ އެހެން އެބުނީ ކޮންމެ ފިކުރެއްގެ މީހަކު ނަމަވެސް އަޅުގަނޑުމެން ޖެހޭނީ ޞަދަޤާތް ދިނުމަށް ހިތްވަރުދޭން ނޫންތޯ؟" 

"ޙައްޤު ބަސް ބުނުމަކީ އަބަދުވެސް ބައެއް މީހުން އެމީހަކާއިމެދު ނުރުހޭނެ ކަމެކެވެ. އަޅުގަނޑު ބަސްބުނަނީ އެހެން މީހުން ރުހޭތޯ ނުރުހޭތޯ ބަލާފައެއް ނޫނެވެ. ﷲ ގެ ރުއްސެވުން އެދިގެންނެވެ. އެކަލާނގެ ރުއްސެވުން ލިބިއްޖެ ނަމަ އިން ޝާ ﷲ އެނިމުނީއެވެ. ނައްސެއް ނެތް ކަންކަމުގަ މީހުންނަށް ދަތިކުރާކަށް ނުވާނެއެވެ!"

- ޝައިޚް ޢަލީ ޒައިދު 

މިއަދު އޮންލައިން