މައިންނަށް އަޅާލަން ގުރުވަތުނުލައި ބާރަށް ކުރިއަށް ދަމާ! ﷲ އަށްފަހު މައިންބަފައިންނަށް ދަރިން އިސްކަންދިނުމަކީ ސުވަރުގެ ލިބުމަށް އޮތް އެންމެ ފަހި އެއް މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މައިންނަށް އަޅާލަން ގުރުވަތުނުލައި ބާރަށް ކުރިއަށް ދަމާ! ﷲ އަށްފަހު މައިންބަފައިންނަށް ދަރިން އިސްކަންދިނުމަކީ ސުވަރުގެ ލިބުމަށް އޮތް އެންމެ ފަހި އެއް މަގު!

މައިންބަފައިންނަށް ހެޔޮކޮށްހިތުމުގައި ދަރިންގެ ޖިންސަށް ބެލުމެއް ނެތެވެ. ކޮންމެ މީހެއްގެ ކުރިމަތީގައިވެސް އެންމެ މަތިވެރިވާންޖެހޭނީ އެމީހެއްގެ މައިންބަފައިންނެވެ. ޚާއްޞަކޮށް މައިންނެވެ.  

އެއީ އެކަން ދީނުގައި އޮތް ގޮތެވެ. އެންމެ ބޮޑަށް ހެޔޮކޮށް ހިތަން ޖެހޭނީ ކާކަށް ކަމާއިމެދު ދެންނެވުނު ސުވާލަށް ވިދިވިދިގެން 3 ފަހަރު މައިމީހާއަށް ކަމަށް ޙަދީޘްފުޅު ކުރެއްވެވުމުން މައިމީހާއަށްވުރެ މަތީ މަޤާމެއް ދެވިގެންވާނެ މީހަކު ނެތްކަން އެނގިގެންދާތީއެވެ.

މިޙަދީޘްފުޅުން އެނގިގެން މިދަނީ އަންހެންދަރިންވެސް އަދި ފިރިހެންދަރިންވެސް އެންމެ ބޮޑަށް ހެޔޮކޮށް ހިތަންވީ މައިމީހާއަށް ކަމެވެ. މައިންބަފައިންނަށް އަޅާލައި އެމީހުން އުފާކޮށްދީ ހެޔޮކޮށް ހިތުމަކީ ސުވަރުގެ ލިބުމަށް އޮތް އެންމެ ފަހި އެއް މަގެވެ.

ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން އެނގެން އޮތީ ﷲ ތަޢާލާއަށްފަހު އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ މައިންބަފައިންނަށް ކަމެވެ. އަދި ހަމައެފަދައިން ބަފައިންނަށްޓަކައި ކުރަން އޮތް ދުޢާވެސް ވަނީ ވަޙީކުރައްވަވައިފައެވެ. މިހުރިހާ ކަމަކުންވެސް އެނގިގެންމިދަނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި މައިންބަފައިންގެ މަތިވެރިކަމެވެ.

މަންމަ ނުވަތަ ބައްޕަ ނިޔާވުމުން ބައެއް ޞަޙާބީންވަނީ އެއީ މަންމަ ނުވަތަ ބައްޕަ ނިޔާވީވީތީއެއް ނޫނެވެ. އެހިސާބުން އެބޭކަލަކަށް ސުވަރުގެ ޙާޞިލުކުރެއްވެން އޮތް މަގު ބަންދުވީތީއެވެ. މަންމަ ނުވަތަ ބައްޕައަށް ޚިދުމަތްކުރައްވައިގެން ހޯއްދެވެން އޮތް މަތިވެރިކަން ނުހޯއްދެވޭނެތީއެވެ.

އެހެނަސް މިއަދު ގިނަވަމުން މިދަނީ މައިންބަފައިން އަވަހަށް މަރުނުވެގެން އުޅޭ މީހުންނެވެ. ދިރިތިއްބައި ނިކަމެތިކޮށްލަމުން ގެންދަނީ އެއްވެސް ރަޙުމެއް ނެތިއެވެ. އެހެންކަމަށްވާއިރު ސުވަރުގެ ލިބުމަށް އެބަ އެދެވޭ ހެއްޔެވެ؟ ކޮންމެ މީހަކުވެސް އަމިއްލައަށް ޖަވާބުދިނީމާ ރަނގަޅުވާނެއެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން