ﷲ ގެވަޙީ ބަސްފުޅަށް ބަލާއިރު ހިލޭ މީހުންގެ ކުރިމަތީގަ (ޝަރުޢީ ޢުޛުރެއް ނެތި) ބަރަހަނާވުން ހުއްދަކުރާ ކޮންމެ މީހަކީ ޝައިޠާނެއްކަން ޝައިޚް އާދަމް ނިޝާން ހާމަކުރައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ﷲ ގެވަޙީ ބަސްފުޅަށް ބަލާއިރު ހިލޭ މީހުންގެ ކުރިމަތީގަ (ޝަރުޢީ ޢުޛުރެއް ނެތި) ބަރަހަނާވުން ހުއްދަކުރާ ކޮންމެ މީހަކީ ޝައިޠާނެއްކަން ޝައިޚް އާދަމް ނިޝާން ހާމަކުރައްވައިފި!

ތިރީގައި އެވަނީ ޝައިޚް އާދަމް ނިޝާން ޢަލީ ކުރައްވާފައިވާ ޕޯސްޓެކެވެ؟

"ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ފިޔަވައި އެހެން މީހެއްގެ ކުރިމަތީގައި ބަރަހަނާވެ އޮރިޔާންވުމަކީ، ދީނުގައި އެއްވެސް އޮޅުމެއް ނެތި ސާފުކޮށް އެނގެން އޮތް ބޮޑު ޙަރާމް ކަމެކެވެ. މިފަދަ ކަމެއް "ދެފަރާތުގެ ރުހުމާއި އެކީ ކުރުމަކީ" ކުށެއް ނޫނޭ ހުއްދަ ކަމެކޭ ބުނާ ކޮންމެ މީހަކު އެވަނީ މުރުތައްދުވެ ކާފަރުވެފައެވެ. އެއީ އޭޖީ ކަމަށް ވީނަމަވެސްއެވެ. އެފަދަ ކޮންމެ މީހަކު ޖެހޭނީ ތައުބާވެ އަލުން އިސްލާމްވާށެވެ.

އަދި މިއީ ތިމާމެން އަތުން ހަދާފައި މިތަނުގައި އޮތް ޤާނޫނުގައިވެސް ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެކެވެ. 

އިންސާނާ މިގޮތަށް ބަރަހަނާ ވުމަކީ ހުއްދަ ކަމެއް ކަމަށް ދެކޭ/ބުނާ ކޮންމެ މީހަކީ ޝައިޠާނެކެވެ. 

{يَٰبَنِيٓ ءَادَمَ لَا يَفۡتِنَنَّكُمُ ٱلشَّيۡطَٰنُ كَمَآ أَخۡرَجَ أَبَوَيۡكُم مِّنَ ٱلۡجَنَّةِ يَنزِعُ عَنۡهُمَا لِبَاسَهُمَا لِيُرِيَهُمَا سَوۡءَٰتِهِمَآۚ }

[سُورَةُ الأَعۡرَافِ: ٢٧]

"އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި آدم ގެފާނާއި حوّاء ގެފާނާއި ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! " 

- ޝައިޚް އާދަމް ނިޝާން ޢަލީ 

(ޝައިޚް އާދަމް ނިޝާންގެ މިލިޔުން ހިމެނޭ ލިޔުމެއް ޝައިޚް ޢަލީ ޒައިދުވަނީ ޓްވީޓް ކުރައްވައިފައެވެ. އެހެންކަމުން ޝައިޚް އާދަމް ނިޝާން ވިދާޅުވެފައިވާ ބަސްފުޅުތަކަކީ ތެދެއްކަން ޝައިޚް ޢަލީ ޒައިދުވެސް ޤަބޫލުފުޅުކުރައްވާކަން އެވަނީ ހާމަވެފައެވެ.)

 

ލިޔުމުގެ އަޞްލު:

https://www.facebook.com/SheikhAdamNishan/posts/519611060194327

 

 

މިއަދު އޮންލައިން