އިސްލާމް ދީނުގެ ޙުކުމްތަކާ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލުތައް ތަކުރާރުވިއަ ނުދިނުމަށް ޑރ. އިޔާޟް އިލްތިމާސްކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އިސްލާމް ދީނުގެ ޙުކުމްތަކާ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލުތައް ތަކުރާރުވިއަ ނުދިނުމަށް ޑރ. އިޔާޟް އިލްތިމާސްކުރައްވައިފި

އިސްލާމް ދީނުގެ ޙުކުމްތަކާއި ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލުތައް ތަކުރާރުވިއަ ނުދިނުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އިލްތިމާސްކުރައްވައިފި އެވެ. 

ޑރ. އިޔާމް މިފަދަ ބަސްފުޅެއް ވިދާޅުވީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވަވާފައިވާ، ޤާނޫނު އަސާސީފައި އެއީ ކުށެއް ކަމަށް ކަނޑައަޅައި ޤާނޫނުލްޢުޤޫބާތުގައި އަދަބު ބަޔާންކޮށްފައިވާކުށެއް ކަމުގައިވާ ބަރަހަނާ ފޮޓޯ ފޮނުވުން އެއީމައްސަލައެއް ނޫންކަމަށް ޕީޖީ އޮފީހުން ބުނެ ޢާންމުކުރި ޔޫޓިޔުބްވީޑިއޯ ނެގުމާއި ގުޅިގެންނެވެ. 

ޑރ. އިޔާޟް މިމޭރުމުން އިލްތިމާސްކުރައްވާފައިވަނީ މިފަދަ މައްސަލަތައް އިތުރުވަމުންދާތީ ދީނީ ޢިލްމުވެރިންނާއި ރައްޔިތުން އިންތިހާއަށް ކަންބޮޑުވަމުންދާ ވަޤުތެއްގައިކަން ފާހަގަކުރެވެއެވެ. 

ގިނަ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ މިފަދަ ކަންކަން ކުރުމުން ކުރިމީހާއަށް ނުބަލައި ޜާއްޖޭގައި ޢަމަލުކުރަން އޮންނަ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެދަށުން ފިޔަވަޅުއަޅަންޖެހޭނެ ކަމަށެވެ. ޢިލްމުވެރިން މިމޭރުން ވިދާޅުވިނަމަވެސް ރާއްޖޭގައި އެހެންދީންތައް ފަތުރަން ފައުޅުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް އެޤާނޫނުގެދަށުން ފިޔަވަޅުއަޅާތަން ނުފެންނަކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން