ހުއްދަ ނޫންގޮތަކަށް ނަމާދުޖަމްޢްކޮށް ކުރެވިއްޖެނަމަ ބާޠިލްވާނެ! ޖެހޭނީ އަލުން ކުރަން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ހުއްދަ ނޫންގޮތަކަށް ނަމާދުޖަމްޢްކޮށް ކުރެވިއްޖެނަމަ ބާޠިލްވާނެ! ޖެހޭނީ އަލުން ކުރަން!: ޑރ. އިޔާޟް

ސުވާލު:. އަޅުގަނޑުގެ ސުވާލަކީ ދަތުރެއް ދާން ޖެހިގެން ޢަޞްރާއި މަޣްރިބު ޖަމަޢުކޮށްގެން ހުއްޓާ ދަތުރު ކެންސަލްވުމުން ދެން އަލުން މަޣްރިބު ކުރަން ޖެހޭނެތޯ؟ 

ޖަވާބު:. އަސްރާއި މަޣްރިބު ނަމާދު ޖަމްޢު ނުކުރެވޭނެ. ޖަމްޢު ކުރެވޭނީ މެންދުރާއި ޢަޞްރު އަދި މަޣްރިބާއި ޢިޝާ. ދަތުރު ކެންސަލް ނުވި ނަމަވެސް ނަމާދުކޮށްފައިވަނީ ރަނގަޅަކަށް ނޫން. ވިމާ ކުރިން ކުރި ނަމާދު ބާޠިލް. އަލުން ޖެހޭނީ އެ ނަމާދު ކުރަން 

އިތުރު ސުވާލެއް: 

ސުވާލު:. ފިރިމީހާ މި ދިޔައީ އެހެން ރަށަކަށް ވަރަށް އަވަހަށް އަންނާނަމޭ ބުނެފަ. އެކަމަކު އަނބިމީހާ ގުޅީމަ ފޯނެއް ނުނަގާ. އަދި ހުރި ތަނެއް ވެސް ނުބުނޭ. މި ހާލަތުގައި އަނބިމީހާ ކަންތައް ކުރާނީ ކިހިނެއްތޯ؟ އަދި ފިރިމީހާ ފާފަވެރިވާނެތޯ މި ކަމުން؟ 

ޖަވާބު:. ދޮގާއި މަކަރު ހެދުމަކީ ފާފަވެރިވާނެ ކަމެއް. ފިރިމީހާ އޮޅުވައިލައިގެން އުޅޭ ނަމަ އޭނާއަށް ވިސްނައިދީގެން އިސްލާޙްކުރަން މަސައްކަތްކުރާނީ- 

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން