ޢާއިޝަތު ރަފާޙް ޢަލީ
ޔޫސުފް ސޫރަތް ބާވައިލެއްވިފައިވަނީ ހޫދު ސޫރަތުގެ ފަހުންނެވެ. އަދި އެސޫރަތުގައި ޔޫސުފްގެފާނުގެ ވާހަކަ ބަޔާންކޮށްދެއްވާފައިވެއެވެ. ވަރަށް ގިނަ ފައިދާތައް އެ ސޫރަތުން އަޅިގަނޑުމެންނަށް ލިބެއެވެ. އެގޮތުން ބައެއް ފައިދާތައް އަޅުގަނޑު ތިރީގައި ބަޔާން ކޮށްލާނަމެވެ.
މުއުމިނުންނަށް ކެތްތެރިވުމަށް ދަސްކޮށްދޭ :ބުދަށް އަޅުކަން ކުރާ ބައެއްގެ ތެރޭގައި އުޅުއްވާން ޖެހިވަޑައިގަތީމާވެސް ކެތްތެރިވެ ވަޑައިގެން ހުންނެވިއެވެ. މިކަން އެނގެނީ ޔޫސުފް ސޫރަތުގެ ކިޔެވުމުގެ ސަބަބުން ދެރަވުމާއި ހިތާމަތަކަށް މާޔޫަސްކަން ފިލައި ދިޔުމަށް ހިތްވަރު ލިބެއެވެ. އެގޮތުން ޔޫސުފްގެފާނުގެ އަޚުން ޔޫސުފްގެފާނާއި ދެކޮޅަށް ނުރައްކާތެރި ރޭވުން ރާވައި އެކަލޭގެފާނު އަވަހާރަކޮށްލަން މަސައްކަތް ކުރުމުންވެސް އެކަލޭގެފާނު އެކަމަށް ނަފްރަތު ކުރައްވާ ބަދަލު ނުހިތްޕަވައެވެ. އަދި ފަހުން އެކަލޭގެފާނުގެ އަޚުން މިސްރަށް ދިޔުމުން މަޢާފް ކުރައްވާ ހެޔޮކޮށް ހިތްތެވިއެވެ.
އެކަމުގެ ދަލީލަކީ قال تعالي (اقْتُلُوا يُوسُفَ أَوِ اطْرَحُوهُ أَرْضًا يَخْلُ لَكُمْ وَجْهُ أَبِيكُمْ وَتَكُونُوا مِن بَعْدِهِ قَوْمًا صَالِحِينَ ﴿٩﴾ قَالَ قَائِلٌ مِّنْهُمْ لَا تَقْتُلُوا يُوسُفَ وَأَلْقُوهُ فِي غَيَابَتِ الْجُبِّ يَلْتَقِطْهُ بَعْضُ السَّيَّارَةِ إِن كُنتُمْ فَاعِلِينَ ﴿١٠﴾ قَالُوا يَا أَبَانَا مَا لَكَ لَا تَأْمَنَّا عَلَىٰ يُوسُفَ وَإِنَّا لَهُ لَنَاصِحُونَ ﴿١١﴾ أَرْسِلْهُ مَعَنَا غَدًا يَرْتَعْ وَيَلْعَبْ وَإِنَّا لَهُ لَحَافِظُونَ ﴿١٢﴾ قَالَ إِنِّي لَيَحْزُنُنِي أَن تَذْهَبُوا بِهِ وَأَخَافُ أَن يَأْكُلَهُ الذِّئْبُ وَأَنتُمْ عَنْهُ غَافِلُونَ ﴿١٣﴾ قَالُوا لَئِنْ أَكَلَهُ الذِّئْبُ وَنَحْنُ عُصْبَةٌ إِنَّا إِذًا لَّخَاسِرُونَ ﴿١٤﴾)
މާނައީ: ތިޔަބައިމީހުން يوسف ގެފާނު قتل ކޮށްލާށެވެ! ނުވަތަ، ދުރު ބިމަކަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕާގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެތެވެ. އަދި އެއަށްފަހު ތިޔަބައިމީހުން (توبة ވެ) صالح ރަނގަޅު ބައެއްކަމުގައި ވާނީއެވެ. (9) އެއުރެންގެ ތެރެއިން ބުނާ މީހަކު ބުންޏެވެ. ތިޔަބައިމީހުން يوسف ގެފާނު قتل ނުކުރާށެވެ! ތިޔަބައިމީހުން ކަމެއްކުރަންޏާ (އަނދިރި) ވަޅެއްގެ އަޑިޔަށް އެކަލޭގެފާނު އެއްލައިލާށެވެ! އޭރުން، ދަތުރުކުރަމުންދާ ބަޔަކު، އެކަލޭގެފާނު ހޮވައިގެން ގެންގޮސްފާނެތެވެ. (10) އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! يوسف ގެފާނާމެދު، ކަލޭގެފާނު ތިމަންމެންނަށް އިތުބާރު ނުކުރައްވަނީ ކީއްވެތޯއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، އެކަލޭގެފާނަށް ހެޔޮއެދޭ ބަޔަކީމުއެވެ. (11) ކައިބޮއި އުފާކޮށް، ކުޅެހެދުމަށްޓަކައި، ތިމަންމެންނާއެކުގައި، މާދަމާ އެކަލޭގެފާނު ފޮނުއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނު ބަލަހައްޓައި ރައްކާތެރިކުރާހުށީމުއެވެ. (12) އެކަލޭގެފާނު ވިދާޅުވިއެވެ. އޭނާ ގޮވައިގެން ތިޔަބައިމީހުން ދިއުމަކީ، ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ހިތާމަ ލިބޭކަމެކެވެ. އަދި ތިޔަބައިމީހުން އޭނާގެ މަތިން غافل ވެގެންތިއްބައި، މިނިކާވަގު (އައިސް) އޭނާ ކައިފާނެތީ ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ. (13) އެއުރެން ދެންނެވޫއެވެ. ތިމަންމެންނީ ބާރުހުރި ބަޔެއްކަމަށްވާހިނދު، މިނިކާވަގު (އައިސް) އޭނާ ކައިފިނަމަ، ހަމަކަށަވަރުން، ތިމަންމެންވާހުށީ (ކަމެއްނުކުރެވޭ) ގެއްލެނިވިގެންވާ ބަޔަކު ކަމުގައެވެ. (14)
•ދެވަނަ ކަމަކަށް ޔޫސުފްގެފާނު މިސުރަށް ގެންގޮސްފައި އަޅެއްގެ ގޮތުގައި ވިއްކާލުމުން އެކަމާ ދެކޮޅު ހެއްދެވުމަށް އެއްވެސް ކަމެއް ނުކުރައްވައެވެ. އެކަމުގެ ދަލީލަކީ قال تعالي (وَجَآءَتْ سَيَّارَةٌ فَأَرْسَلُوا۟ وَارِدَهُمْ فَأَدْلَىٰ دَلْوَهُۥ ۖ قَالَ يَٰبُشْرَىٰ هَٰذَا غُلَٰمٌ ۚ وَأَسَرُّوهُ بِضَٰعَةً ۚ وَٱللَّهُ عَلِيمُۢ بِمَا يَعْمَلُونَ ﴿١٩﴾ وَشَرَوْهُ بِثَمَنِۭ بَخْسٍ دَرَٰهِمَ مَعْدُودَةٍ وَكَانُوا۟ فِيهِ مِنَ ٱلزَّٰهِدِينَ ﴿٢٠﴾ وَقَالَ ٱلَّذِى ٱشْتَرَىٰهُ مِن مِّصْرَ لِٱمْرَأَتِهِۦٓ أَكْرِمِى مَثْوَىٰهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًا ۚ وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِى ٱلْأَرْضِ وَلِنُعَلِّمَهُۥ مِن تَأْوِيلِ ٱلْأَحَادِيثِ ۚ وَٱللَّهُ غَالِبٌ عَلَىٰٓ أَمْرِهِۦ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴿٢١﴾ وَلَمَّا بَلَغَ أَشُدَّهُۥٓ ءَاتَيْنَٰهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴿٢٢﴾)
މާނައީ: (އެތަނަށް ދަތުރުކުރާ ބަޔަކު އައޫއެވެ. އަދި އެއުރެންނަށް ފެން ގެނެސްދޭމީހާ (ވަޅުކައިރިއަށް) ފޮނުވޫއެވެ. އަދި އޭނާ ބާލިދީ ވަޅަށް ތިރިކޮށްފައި (يوسف ގެފާނު ވަޅުން ނަގާފައި) ބުންޏެވެ. އޭ ހުރި އުފަލެއްގެ ބޮޑުކަމާއެވެ! މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ. ދެން ވިޔަފާރި މުދަލެއްގެ ގޮތުގައި، އެކަލޭގެފާނު ފޮރުވައި، ރައްކާކޮށްފޫއެވެ. اللَّه އީ، އެމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (19) އަދި ވަރަށް ކުޑަ އަގަކަށް، ގުނައިލެވޭ މަދު درهم ކޮޅަކަށް، އެއުރެން އެކަލޭގެފާނު ވިއްކާލައިފޫއެވެ. އަދި އެކަލޭގެފާނާމެދު، އެއުރެންވީ (މަދު އެތިކޮޅަކަށް ރުހޭ) زاهد ންގެ ތެރެއިންނެވެ. (20) مصر ން އެކަލޭގެފާނު ގަތް މީހާ، އޭނާގެ އަންހެނުންނަށް ބުންޏެވެ. ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ. އެފަދައިން، ތިމަންރަސްކަލާނގެ يوسف ގެފާނު (مصر ގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. އަދި ހުވަފެނުގެ ވާހަކަތައް މާނަކުރެއްވުން އެކަލޭގެފާނަށް ދަސްކޮށްދެއްވުމަށްޓަކައެވެ. اللَّه އީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. (21) އެކަލޭގެފާނު ފުރާ ފުރިހަމަވީހިނދު، ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް حكمة އާއި، علم ދެއްވީމެވެ. إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ، އެފަދައިންނެވެ. (22))
•ﷲ ތަޢާލާއަށް ނިޔަތް ޚާލިސްކުރުން އެކަމުގެ ދަލީލަކީ قال تعالي ( قَالَ ٱجْعَلْنِى عَلَىٰ خَزَآئِنِ ٱلْأَرْضِ ۖ إِنِّى حَفِيظٌ عَلِيمٌ ﴿٥٥﴾) މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. (مصر ގެ) ބިމުގެ خزانة ތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ.
•އެސްފީނާ ނުވަތަ ހަސަދަ ފަދަ ކަމެއް އަތުވެދާނެ ކަމަށްޓަކައި ސިއްރުން ކަންކަން ކުރުން.
قال تعالي ( إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ ﴿٤﴾ قَالَ يَٰبُنَىَّ لَا تَقْصُصْ رُءْيَاكَ عَلَىٰٓ إِخْوَتِكَ فَيَكِيدُوا۟ لَكَ كَيْدًا ۖ إِنَّ ٱلشَّيْطَٰنَ لِلْإِنسَٰنِ عَدُوٌّ مُّبِينٌ ﴿٥﴾)
މާނައީ: يوسف ގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް سجدة ކުރާތީއެވެ.. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، شيطان އާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ عداوة ތެރިއެކެވެ. (5)