އަނބިންނަށް ދީނުގަ ހުރި ފުރުޞަތުތައް މާފަހި!: ޙަދީޘްގަ އޮތީ "ފިރިންނަށް ކިޔަމަންތެރިކަމާއެކު ގޭގަ ތިބޭނަމަ ފިރިހެނުންނަށް ލިބޭ ހުރިހާ މަތިވެރިކަމެއް ލިބޭނެކަމަށް!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އަނބިންނަށް ދީނުގަ ހުރި ފުރުޞަތުތައް މާފަހި!: ޙަދީޘްގަ އޮތީ "ފިރިންނަށް ކިޔަމަންތެރިކަމާއެކު ގޭގަ ތިބޭނަމަ ފިރިހެނުންނަށް ލިބޭ ހުރިހާ މަތިވެރިކަމެއް ލިބޭނެކަމަށް!"

އަންހެނުންނަށް އިސްލާމް ދީނުގައި ދީފައިވާ މަތިވެރި ޤަދަރު އޮޅުވައިލުމުން މިހާރަކަށް އައިސް އެންމެ ބޮޑު އެއް މައްސަލަކަމަށްވެފައި މިއޮންނަނީ ފިރިހެނުން ފަދައިން މަސައްކަތްކުރަން ބޭރަށް ނުގޮސް ގޭގައި އަންހެނުން ތިބުމުގެ މައްސަލައެވެ. އެއިރުން އެކަނބަލުންގެ ޙައްޤުތަކުން އުނިވާކަމަށްބުނެ އުފުލާ އަޑުތަކެވެ.

މި މައްސލައިގެ ޖަވާބަކަށް މި ޙަދީޘްފުޅު ނުފުދެނީތޯއެވެ!

އަންހެނަކު ރަސޫލް (ﷺ) އަށް ދެންނެވިއެވެ. "ފިރިހެނުން ޖިހާދަށް ދެއެވެ. ޖަމާއަތަށް ދެއެވެ. ޖަނާޒާތަކުގައި ބައިވެރިވެއެވެ. އަހަރެމެން އަންހެނުންނަށް އޮތީ ދަރިން ބަލަން ގޭގައި ތިބުމާއި ފިރިންނަށް ޚިދުމަތް ކުރުމެވެ." އޭނާގެ ޝަކުވާއަކީ ﷲ ތަޢާލާގެ މަގުގައި ފިރިހެނުންނަށް ކުރެވޭ ކަންކަން ކުރުމުގެ ފުރުޞަތު އަންހެނުންނަށް ހަނިވެފައިވުމެވެ.

އެކަނބުލޭގެއަށް ރަސޫލް (ﷺ) ދެއްވެވި ޖަވާބު އެނގޭ ހެއްޔެވެ؟ "އަންހެނުން ފިރިންނަށް ކިޔަމަންތެރިކަމާއިއެކު ގޭގައި ތިބޭނަމަ ފިރިހެނުންނަށް ލިބޭ ހުރިހާ މަތިވެރިކަމެއް ލިބޭނެތެވެ."

މި ޙަދީޘްފުޅުން އެނގިގެން މިދަނީ އަންހެނުން ޖިހާދުކުރަން މައިދާނަށް ނުނުކުތް ނަމަވެސް، ޤަބުރުސްތާނަށް ގޮސް ޖަނާޒާތަކުގައި ބައިވެރި ނުވި ނަމަވެސް އެކަނބަލުން ގޭގައި ތިބީ ފިރިންގެ ޚިދުމަތުގައި ނަމަވެސް "އަންހެނުން ފިރިންނަށް ކިޔަމަންތެރިކަމާއިއެކު ގޭގައި ތިބޭނަމަ ފިރިހެނުންނަށް ލިބޭ ހުރިހާ މަތިވެރިކަމެއް ލިބޭނެ" ކަމެވެ.

--މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން