ރަސޫލް ﷺ ދުނިޔޭގައި އޔޅުއްވެވީ މީގެ 1450 ވަރަކަށް އަހަރުކުރިންނެވެ. ޓީވީތަކާއި ހެޑްފޯންތައް ގެންގުޅޭނެކަން އެއިރު އެނގޭނީ ކާކަށް ހެއްޔެވެ؟ އެހެންނަމަވެސް ރަސޫލް ﷺ ވަނީ އެކަން ޙަދީޘްފުޅު ކުރައްވަވައިފައެވެ.
ޙަދީޘްފުޅުގައި އޮތީ ކުނަލެއް ފަދައިން ހިތުގައި ފިތުނަ ފެތުރިގަންނާނެ ކަމަށެވެ. ޓީވީތައް މެދުވެރިކޮށް ޝައިޠޯނާ އެގެންދަނީ މީސްތަކުންގެ ހިތްތަކަށް ވެރިވެގަނެ ފިތުނަތައް އުފައްދުވަމުންނެވެ.
އެމީހުންގެ ބޮލުގައި މިޔުޒިކްކުޅޭ ސާމާނު އެލުވާފައި ހުންނާނެކަމަށް އޮތް ޙަދީޘްބަސްފުޅުގައި އެވަނީ މިއަދު މިގެންގުޅޭ ހެޑްސެޓްތަކުގެ ވާހަކައެވެ. މިއަދު ކިރިޔާވަގުތެއް ލިބުނަސް މިކުރާކަމަކީ ހެދްސެޓް އަޅައި މިޔުޒިކް އަޑުއެހުން ނޫންހެއްޔެވެ؟
އާނއެކެވެ! ފޭރާންލީނަމަވެސް ނިވާނުވެ ތިބޭ އަންހެނުން އުޅޭނެ ކަމަށް އޮތް ޙަދީޘްފުޅުގެ ތެދުކަން މިއަދު ފެންނަމުންމިދާފަދައިން މިޔުޒިކާއިބެހޭ ގޮތުން ހުރި މިފަދަ ޙަދީޘްފުޅުތަކުގެ ތެދުކަން މިއަންނަނީ ފެނި ޘާބިތުވަމުންނެވެ.
- ޤުރްއާން އެންޑް އިސްލާމްގެ ދަރުސަކުން