ސަމާލުވޭ! އަނބިދަރިންނަށް ހަރުކަށި، ނުބައި ބަސްތައް ބުނުމަކީ ހިތްދަތިކަން އިޙްޞާޞްކުރަންޖެހުން ގިނަވާ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ސަމާލުވޭ! އަނބިދަރިންނަށް ހަރުކަށި، ނުބައި ބަސްތައް ބުނުމަކީ ހިތްދަތިކަން އިޙްޞާޞްކުރަންޖެހުން ގިނަވާ ސަބަބެއް!

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކަށް ހަރުކަށި، ނުބައި ބަސްތައް ނުބުނާށެވެ! އެކަން ﷲ ތަޢާލާ ވަނީ ނަހީކުރައްވަވައިފައެވެ. ޙަދީޘްފުޅުން އެނގެން އޮތީ އީމާންވެގެން ހުރި ހަމައެކަކުވެސް އެފަދަ ނުބައި ބަސްތައް ނުބުނާނެ ކަމަށެވެ. އެހެންކަމަށްވާއިރު އެބައަކަށް ތިމާ ލޯބިދޭންޖެހޭ، ހެޔޮކޮށްހިތައި އުފާކޮށްދޭން ބައަކަށް ނުބައިބަސްތައް ބުނަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟  

ބައެއް މީހުން އެމީހުންގެ ބެލުމުގެދަށުގައިވާ އަނބިން، ދަރިން އިޞްލާޙްކުރުމުގެ ނަމުގައި ނުބައި ހަރުކަށި ބަސްތައް ބުނެއެވެ. އެފަދަ ބަސްތައް ބުނުމުން އެމީހުން އެވަގުތު ބިރުން ކިޔަމަންތެރިކަން ދައްކައިފާނެއެވެ. އަދި އެއީ ތިބާ ބުނި ބަސްތަކުން ތިބާއަށް ލިބުނު ކާމިޔާބީއެއް ކަމަށް ވެސް ތިބާއަށް ޤަބޫލުކުރެވިދާނެއެވެ. 

ޙަޤީޤަތް މުޅިން ތަފާތެވެ! ދުލުން ނުބައި ބަސްތައް ބުނުމުން އެއީ އަނބިދަރިން ނަމަވެސް އެމީހުންގެ ހިތުގައި އުފެދިގެންދާނީ ނަފްރަތާއި ރުޅިވެރިކަމެވެ. އެކަން ތިބާގެކިބައިން ތަކުރާރުވާނަމަ ހިތުގައި ހަސަދަވެރިކަން އުފެދި ތިބާގެ ކިބައިން ސަލާމަތްވެވޭނެ ފުރުޞަތަކަށް އުންމީދުކުރާނެއެވެ. އަދި ތިބާއަށް ބަދުދުޢާވެސް ކުރަންފަށާނެއެވެ. 

އެހާލަތުގައި ﷲ ތަޢާލާ އަށް އެމީހުން ކުރާ ދުޢާ އަށް އެއްވެސް ހުރަހެއް ނެތެވެ. އެހެނީ އެމީހުންނަކީ އަނިޔާލިބެމުންދާ ބައެކެވެ. އަނިޔާލިބެމުންދާ މީހުން ﷲ ތަޢާލާއަށްކުރާ އަށް އެއްވެސް ހުރަހެއް ނެތެވެ! ނުވެސް އެޅޭނެއެވެ. އަނިޔާލިބެމުންދާ މީހުން ކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. 

ދެން ތިބާއަށް ކުރިމަތިވާން ފަށައިފާނެ އެއްކަމަކީ ތިބާކުރާ މަސައްކަތުގައި ބަރަކާތް ކެނޑި ލިބޭ އާމްދަނީ މަދުވުމެވެ. އަނެއްކަމަކީ ޞިއްޙީ ގޮތުން ބޮޑެތި މައްސަލަތައްވެސް ކުރިމަތިވެދާނެއެވެ. ދުލުން ނުބައިބަސްތައް ބުނާ ގިނަ މީހުންނަށް ވަނީ މިފަދަ ކަންކަން ތަޖުރިބާކުރަން ޖެހިފައިކަން އެންމެންނަށްވެސް އެނގޭނެއެވެ. 

ކިތަންމެ ރަނގަޅަށް އުޅޭ މީހަކު ނަމަވެސް ބަލިވެދާނެއެވެ. ނަމަވެސް ދުލުން ނުބައިބަސްތައް އުޅޭ ހަރުކަށި ގިނަ މީހުންގެ ޢުމުރުގެފަހުކޮޅުގައި ކުރަންޖެހެނީ ވަރަށް ހިތްދަތި ތަޖުރިބާތަކެއްކަން އެކަމަށް ވިސްނުމުން އެނގޭނެއެވެ. ވީއިއރު އެކަމުގެ ހެކިތައް މިދަނީ ފެންނަމުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން