ތިބާ އެންމެ ބޭނުންވާ ކަމަކީ ކޮބައިތޯ އަހައިމިޒަމާނުގައި ދައްކާނީ ކޮންމެވެސް އަމިއްލަ އެދުމެއްގެ ވާހަކަމަށާއި ދުނިޔެއިން އެންމެ ބޮޑަށް ބޭނުންވާ ކަންތަކުގެ ވާހަކަކަމަށް ވަރަށް ގިނައިން ބުނެވެއެވެ. އެހެން ބުނަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެފަދަ ޖަވާބުތައް ލިބޭތީއެވެ. ނަމަވެސް ޙަޤީޤަތް މުޅިން ތަފާތު ނޫންހެއްޔެވެ؟
އަހުރެން މިދައްކަނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ! ސުވަރުގެއަށް އެމީހަކު ބޭނުން ދޮރަކުން ވަނުމަށް އަނބިންނަށް ލިބެންއޮތް ރަނުގެ ފުރުޞަތުގެ ވާހަކައެވެ. ކޮންމެ އަންތބަކުވެސް އެފުރުޞަތަކަށް އިންތިހާއަށް ބޭނުންވާނެ ކަމެއްގެ ވާހަކައެވެ.
ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވާފައިވަނީ "އަންހެނަކު ފަރުޟު 5 ނަމާދުކޮށް ރަމަޟާން މަހު ރޯދަ ހިފައި އަދި ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްފިނަމަ ޤިޔާމަތް ދުވަހުން އެކަނބަލުން ސުވަރުގެ ވަނުމަށް އެދޭ ދޮރަކުން ސުވަރުގެ ވައްދަވާނެ" ކަމަށެވެ.
އަންހެނަކު ރަސޫލް (ﷺ) އަށް ދެންނެވިއެވެ. "ފިރިހެނުން ޖިހާދަށް ދެއެވެ. ޖަމާއަތަށް ދެއެވެ. ޖަނާޒާތަކުގައި ބައިވެރިވެއެވެ. އަހަރެމެން އަންހެނުންނަށް އޮތީ ދަރިން ބަލަން ގޭގައި ތިބުމާއި ފިރިންނަށް ޚިދުމަތް ކުރުމެވެ." އޭނާގެ ޝަކުވާއަކީ ﷲ ތަޢާލާގެ މަގުގައި ފިރިހެނުންނަށް ކުރެވޭ ކަންކަން ކުރުމުގެ ފުރުޞަތު އަންހެނުންނަށް ހަނިވެފައިވުމެވެ.
އެކަނބުލޭގެއަށް ރަސޫލް (ﷺ) ދެއްވެވި ޖަވާބު އެނގޭ ހެއްޔެވެ؟ "އަންހެނުން ފިރިންނަށް ކިޔަމަންތެރިކަމާއިއެކު ގޭގައި ތިބޭނަމަ ފިރިހެނުންނަށް ލިބޭ ހުރިހާ މަތިވެރިކަމެއް ލިބޭނެތެވެ."
ވީމާ ހަމައެކަނި މިވަރުންވެސް ފިރިންނަށް ކިޔަމަންތެރިކަން އަދާކުރުމުން އަނބިންނަށް ދެއްވަވާނެ ނިޢްމަތްތައް މިއޮތީ އެނގޭށެވެ! ލިބިގަންނަން އަވަހަށް މަސައްކަތްފާށާށެވެ!
--އިމާމް މާޒިން ޢާދިލް