ދީންވެރި ދަރީންތަކެއް އުފެއްދުމަށް މައިންބަފައިންނަށް ކުރެވިދާނެ ދުޢާތައް-

ކިޔުމަށް ހޭދަވާނީ 5މ 28ސ
ދީންވެރި ދަރީންތަކެއް އުފެއްދުމަށް މައިންބަފައިންނަށް ކުރެވިދާނެ ދުޢާތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ދަރީންނަކީ ﷲ ސުބްހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެހެންކަމުން ދަރީން ރަނގަޅު ދީނީ ތަރުބިއްޔަތެއް ދީގެން ބޮޑުކުރުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. އިސްލާމްދީނުގައިވެސް ކީރިތި ގުރްއާނާއި ރަސޫލާ ސައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުގައި، ދީންވެރި ރަނގަޅު ސާލިހް ދަރީންތަކެއް އުފެއްދުމަށް ކުރެވިދާނެ ދުޢާތައް ވަނީ އަޅުގަނޑުމެންނަށް އުނގަންނަވައި ދެއްވަވާފައެވެ. 

އެހެންކަމުން އޭގެތެރެއިން ބައެއް ދުޢާތައް އަޅުގަނޑު ތިރީގައި ބަޔާން ކޮށްލާނަމެވެ. 

1.  ސާލިހް ދަރިފަސްކޮޅެއް ދެއްވުން އެދި ދުޢާ ކުރުން: 

·  ޒަކަރިއްޔާގެފާނުގެ ދުޢާ: މާތް ﷲ އަންބިޔާ ސޫރަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَزَكَرِيَّآ إِذْ نَادَىٰ رَبَّهُۥ رَبِّ لَا تَذَرْنِى فَرْدًا وَأَنتَ خَيْرُ ٱلْوَٰرِثِينَ ﴿٨٩﴾‏ 

މާނައީ: އަދި زكريّا ގެފާނު ހަނދުމަކުރާށެވެ! އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. (89) 

·      މާތް ﷲ  ކީރިތި ގުރްއާނުގެ ޢާލް ޢިމްރާން ސޫރަތުގެ 38 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. 

هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ ﴿٣٨﴾‏ 

މާނައީ: އެތާނގައި، زكريّا ގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވައި ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (38) 

·      މާތް ﷲ ކީރިތި ގުރްއާނުގައި މަރްޔަމް ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى وَكَانَتِ ٱمْرَأَتِى عَاقِرًا فَهَبْ لِى مِن لَّدُنكَ وَلِيًّا ﴿٥﴾‏ 

މާނައީ: އަދި ހަމަކަށަވަރުން، އަޅުގެފަހަށް، އަޅުގެ ތިމާގެމީހުން (دين ގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ رحمة ފުޅުން މިއަޅާއަށް وارث އަކު ދެއްވައިފާނދޭވެ! (5) 

·      އިބްރާހީމްގެފާނު ކުރެއްވި ދުޢާ ކުރުން: މާތް ﷲ ޞާއްފާތު ސޫރަތުގެ 100 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

رَبِّ هَبْ لِى مِنَ ٱلصَّٰلِحِينَ ﴿١٠٠﴾‏ މާނައީ: އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް صالح ންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ! (100) 

·      ޢިބްރާހީމްގެފާނާއި އިސްމާޢީލްގެފާނުގެ ދުޢާ: މާތް ﷲ ކީރިތި ގުރްއާނުގައި ބަގަރާ ސޫރަތުގެ 128 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.  

رَبَّنَا وَٱجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَآ ۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ ﴿١٢٨﴾‏ 

މާނައީ: އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން ކަމުގައި އަޅަމެން ލައްވައިފާނދޭވެ! އަދި އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ أمّة އެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް توبة ލައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (128)

 

މިއަދު އޮންލައިން