ސުވާލު:: ހަތްވަނަ ދުވަހު ނަން ނުކީއްޖެއްޔާ ދެން އެންމެ ރަނގަޅީ ކޮން ދުވަހަކު ނަން ކިޔުންތޯ؟ ނަން ކިޔާއިރު ކަންކަން ކުރަންވީގޮތް ވަރަށް ސާދުކޮށް ބުނެލަދެވިދާނެތޯ؟
ޖަވާބު:: ވިހާ ދުވަހު ވެސް ނަން ކީދާނެއެވެ. ޢަޤީޤާ ކަތިލުން ލަސްވިޔަސް ނަން ކީދާނެއެވެ. ދަރިފުޅުގެ ނަމަކީ މިވެނި ނަމެކޭ ބުނެލުމުން ނިމުނީއެވެ. ހަތްވަނަ ދުވަހު ޢަޤީޤާ ކަތިނުލެވިއްޖެ ނަމަ، ސާދަވަނަ ދުވަހުއެވެ. އެ ދުވަހު ނުވެއްޖެ ނަމަ އެކާވީސް ވަނަ ދުވަހުއެވެ. އޭގެ ފަހުން ބޭނުން ދުވަހެއްގައި ކަތިލެވިދާނެއެވެ.
- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް