ދަރު އަނދައި ދެއްޔަށްވުމުން އެއިން އަލިފާނުގެ ހުޅު ނިވުނަސް ނަރަކައިގަ އަބަދު އަނދާނެއިރުވެސް ގައިން ހުޅު ނިވުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ދަރު އަނދައި ދެއްޔަށްވުމުން އެއިން އަލިފާނުގެ ހުޅު ނިވުނަސް ނަރަކައިގަ އަބަދު އަނދާނެއިރުވެސް ގައިން ހުޅު ނިވުމެއް ނެތް!

ދަރުތަކެއް އެއކޮށް ފުންޏަކަށް ޖަހާފައި ނިކަން ހުޅުޖަހައިބަލާށެވެ. އަނދަމުންގޮސް ދެއްޔަށްވެ ހުޅުގަނޑު ނިވިގެންދާނެއެވެ. އިރުގަނޑެއްވުމުން ދެލިން ހޫނުކަން ކެނޑި ފިނިވެސްވާނެއެވެ. އެއިރުން އަތްވެސް ލެވޭނެއެވެ. 

ދަރު އަނދައި ނިމި ދެއްޔަށްވުމުން ހުންނަނީ ކަޅުކުލައިގައި ނޫން ހެއްޔެވެ؟ ނަރަކައިގައި މީސްތަކުން އަނދައިގެންދާއިރުވެސް ހަމަ އެގޮތަށް ކަޅުކުލައަށް ބަދަލުވެގެންދާނެއެވެ. ނަމަވެސް ވަރަށް ބޮޑު ތަފާތެއް ވެއެވެ. ކުރިން މިބުނި ފަދައިން ދަރު އަނދައި ނިމެއެވެ. ދެލިގަނޑަކަށް ބަދަލުވެ އަލިފާންގަނޑު ނިވިގެންދެއެވެ. 

ނަރަކައިގައި އޮތީ އަލިފާނުގައި އަނދައަނދައި މޫނު ވަތަށް އޮތުމެވެ. ހަށިގަނޑުގައި ލައްވަވާ ބޯ ހަންގަނޑު އަނދައިގެންދާއިރަށް އައު ހަންގަނޑެއް ލައްވަވައެވެ. އަބަދު އަނދަމުންދާއިރުވެސް އަނދައި ނުމުމެއް ނެތެވެ. މާތް ﷲ ނަރަކައިން ސަލާމަތް ކުރެއްވެވި އަޅަކު ނަރަކައިން ސަލާމަތްކުރެއްވެވުމުން މެނުވީއެވެ.  

މީސްތަކުންނޭވެ! ނަރަކައަށް ބިރުވެތިވާށެވެ! ނަރަކައިން ސަލާމަތްވާން ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ! ވަޤުތު ހޯދައިގެންވެސް ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަތައް ކިޔަމުން ގެންދާށެވެ. ހިތަށް ބިރުވެރިކަން ވައްދަން މަސައްކަތްކުރާށެވެ!

މިއަދު މިއުޅެނީ ހޫނުފެން ތިއްކެއް ގައިގައި ޖެހުނަސް ކެތްނުކުރެވިގެންނެވެ. ނަގާ ދިލައިން ސަލާމަތްނުވެވިގެންނެވެ. ހަންގަނޑު ފިލައިދަނީއެވެ. ފާރުވަނީއެވެ. އެދުވަހު ދުނިޔޭގެ އަލިފާނަށްވުރެ 69 ދަރަޖަ ހޫނުގދަ އަލިފާނުގައި ތިބާ އަނދަމުންދާއިރު އަޅާނެ ވޭން ހިތަށް ގެންނާށެވެ.

އެކަންކަން ހިތްމައްޗަށް ގެނެވޭނަމަ ހަމަ އެކަކުވެސް އެންމެ ފާފައެއްވެސް ނުކުރާނެއެވެ.   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން