މި 2 ކަންތަކަށް ސަމާލުކަންދީފި މީހަކަށް ހިތްހަމަޖެހުމާ އުފާވެރިކަން ދެއްވަވާނެ!: އިން ޝާ ﷲ : މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މި 2 ކަންތަކަށް ސަމާލުކަންދީފި މީހަކަށް ހިތްހަމަޖެހުމާ އުފާވެރިކަން ދެއްވަވާނެ!: އިން ޝާ ﷲ : މުފްތީ މެންކް

ފުރަތަމަ ކަމަކަށް ޔަޤީންކުރަންވީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުން އޮތީވެސް ﷲ ތަޢަލާ ދެއްވެވުމުން ކަމެވެ. އަމިއްލައަށް އެއިން އެއްވެސް ކަމެއް ލިބިނުގަނެވޭނެ ކަމެވެ. އެހެނީ އެންމެހައި ނިޢްމަތްތަކުގެ މިލްކުވެރި ފަރާތަކީ ﷲ ތަޢާލާއެވެ. ވީމާ އެކަލާނގެ ދެއްވެވުމުން ނޫނީ ހޯދައިނުގަނެވޭނެކަމެވެ!

އުފާވެރިކަމާއި ހިތްހަމަޖެހުން ލިބެން އެދޭ މީހާ އެންމެ ބޮޑަށް ސަމާލުކަންދީގެން ކޮންމެހެން ކުރަންޖެހޭނެ 2 ކަމެއް ވެއެވެ. އެއީ ކޮންމެ ކަމެއްގައިވެސް އަމާނާތްތެރިވުމާއި ކުރާކޮންމެ ކަމެއްގައިވެސް ޢަދުލުވެރިވުމެވެ. އެމީހެއްގެ ކިބައިގައި މި ދެ ސިފަ ނެތް މީހަކަށް އުފާވެރިކަމެއްވެސް އަދި ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ.

ވީމާ ތިމާ ކިތަންމެ ހިތްހަމަ ނުޖެހޭ މީހަކާއިމެދުގައިވެސް ޢަދުލުވެރިކަމާއިއެކުގައި ނޫނީ އެއްވެސް ކަމެއް ނުކުރާށެވެ! އަދި ވައުދުތައް ފުއްދައި އަމާނާތްތައް އެއިގެ ޙައްޤުވެރިންނަށް އަދާކުރާށެވެ!

މިޘާލަކަށް ބުނާނަމަ ތިބާގެ އަތްމަތިވަރަށް ބޮޑަށް ދަތިވީއެވެ. ހައިހޫނުކަމުގައިވެސް އުޅެންޖެހުނީއެވެ. އެފަދަ ޙާލަތު ކުރިމަތިވިއިރު ތިބާގެ އަތުގައި އެހެން މީހަކު އަމާނާތުގެ ގޮތުގައި ކިތަންމެ ގިނަ ފައިސާ ބަހައްޓާފައިހުރިނަމަވެސް އެމީހާގެ ހުއްދަ ލިބިގެން ނޫނީ އެންމެ ފައިސާފޮތްޗެއްގައިވެސް ނުޖެހޭށެވެ! ޚިޔާނާތްތެރިވުމުން ލިބިދާނެ ވަޤުތީ ފައިދާއަކަށްވުރެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިއްޖެ ނަމަ ލިބޭނެ ގެއްލުމާއި ދެރަ މާބޮޑުވާނެކަން ޔަޤީންކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން