މިމަގުން މަސައްކަތްކުރީމާ ޙަސަދަވެރިންނާ ޢަދާވާތްތެރިންގެ ކިބައިން ސަލާމަތްވެ ކާމިޔާބު ދެއްވަވާނެ! އިން ޝާ ﷲ.: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
މިމަގުން މަސައްކަތްކުރީމާ ޙަސަދަވެރިންނާ ޢަދާވާތްތެރިންގެ ކިބައިން ސަލާމަތްވެ ކާމިޔާބު ދެއްވަވާނެ! އިން ޝާ ﷲ.: މުފްތީ މެންކް

ކޮންމެ މީހެއްގެވެސް ޢަދާވާތްތެރިން ތިބޭނެއެވެ. މައްސަލައަކީ ދެނެގަންނަން ނުއެނގޭކަމެވެ. އަނެކާގެ ހިތުގައި އޮންނަ އެއޗެއް ނުއެނގޭނެތީއެވެ. ނަމަވެސް އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ކޮންމެ މީހެއްގެ ހިތުގައިވާ އެއްޗެއްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުން އެކަން އެނގެން އެބައޮތެވެ.

"ތިއަބައިމީހުންނަށް ޢަދާވާތްތެރިވާ މީހުން ތިބިކަން ތިމަން ﷲ ދެނެވޮޑިގެންވަމެވެ. އެ ޢަދާވާތްތެރިން ތިއަބައިމީހުންނަށްވުރެ ބޮޑަށް ދެނެވޮޑިގެންވަނީ ތިމަން ﷲއެވެ."

އަހަރެމެން ކޮންމެ މީހަކުދެކެވެސް ރުޅިއަންނަ މީހުންނާ ޙަސަދަވެރިވާ މީހުން ތިބޭނެއެވެ. ނަމަވެސް ގިނަ ފަހަރު ޢަދާވާތްތެރިންކަމުގައި ބެލެވެނީ ޙަޤީޤީ ޢަދާވާތްތެރިންނެއް ނޫނެވެ. ހެޔޮ އެދޭ މީހުންނެވެ. އަދި ގާތްއެކުވެރިންކަމުގައި ޢަދާވާތެރިންވެސް ހަދަމުއެވެ.

މިއީ އަހަރެމެން އެންމެންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ކުރުވާ ކަންކަމެވެ. އަހަރެމެންނަށް ހެޔޮ ނަޞޭޙަތްދީ ދީނުގައިވާ ގޮތަށް ކަންކަން ކުރުވަން ބާރުއަޅާމީހުންނާއިމެދު ޝައްކު އުފައްދުވައި ބޮލުގައި ކޮންމެވެސް ނުބައި ތުހުމަތުތަކެއް އަޅުވައި އެއީ ޢަދާވާތްތެރިންކަމުގައި ވިސްނައިދެނީ ޝައިޠޯނާއެވެ. ހަމައެއާއިއެކު ނުބައި ނުލަފާ މީހުންނަކީ މާހެޔޮއެދޭނެ، މާރަނގަޅުބައެއްކަމުގައި ދައްކުވައިގެން އަހަރެމެންނާއި ކައިރިކުރުވަނީ ވެސް ހަމަ ޝައިޠޯނާއެވެ.

މިކަންކަމުން ސަލާމަތްވާން އޮތް މަގަކީވެސް ﷲ ތަޢާލާ އާއި ކުއްތަންވުމެވެ. އެއިރުން ޢަދާވާތްތެރިން ދެނެގަތުމުގެ ކުލަދާނަކަން ﷲ ތަޢާލާ ދެއްވަވާނެތެވެ! ހަމައެއާއިއެކު އެކުވެރިއަކާއިމެދު ނުބައި ގޮތަކަށް ޝައްކުކުރެވޭނަމަ އެޝައްކުގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރާށެވެ! ޙަޤީޤަތް އެނގި ޝައްކުފިލަންދެން އެމީހަކާއި ކުޑަކޮށް ދުރުހެލިވެލާށެވެ! އެއީ އެއްވެސް ގެއްލުމެއް ލިބޭނެ އަދި ނުބައެއްވެސް އޮތްކަމެއް ނޫނެވެ.

ނަމަވެސް ޙަޤީޤަތް ނުބަލައި އެއްވެސް އެކުވެރިއަކާއި ގުޅުންކަނޑައިނުލާށެވެ! ގުޅުން ކަނޑައިނުލާނަމަ ޙަޤީޤަތް އެނގި ޝައްކުފިލުމުން އެކަމުގައި ނުބައެއް ނެތްނަމަ ކައިރިވެވޭނެއެވެ. ނަމަވެސް ގުޅުން ކަނޑާލައިފިނަމަ އަލުން ގުޅުމުގެ ފުރުޞަތަށް އޮންނާނީ ހުރަސްއެޅި އެކުވެރިޔާ ގެއްލިފައެވެ.

"ތިމަން ﷲ ތިއަބައިމީހުންނަށް ރައްކައުތެރިކަން ދެއްވަވާހުށީމެވެ. އެކަމަށް ތިމަން ﷲ ފުދިވޮޑިގެންވަމެވެ." ވަޙީކުރައްވަވާފައިވާ ބަސްފުޅަށް އިތުބާރުކުރާށެވެ! އަދި އެބަސްފުޅުގެ މާނައީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެތިބޭނަމަ ﷲ ތަޢާލާ އަހަރެމެންނަށް ޙިމާޔަތާއި ރައްކައުތެރިކަން ދެއްވަވާނެ ކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން