ފިރިމީހާއާ މައިމީހާގެ ފައިތިލަދަށުން ސުވަރުގެ ދިއުން- އެނގެންޖެހޭ މައުލޫމާތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ފިރިމީހާއާ މައިމީހާގެ ފައިތިލަދަށުން ސުވަރުގެ ދިއުން- އެނގެންޖެހޭ މައުލޫމާތު!

ސުވާލު: އަންހެން ކުއްޖަކު ސުވަރުގެ ދެވޭނީ ފިރިމީހާގެ ފައިދަށުން-- ފިރިހެން ކުއްޖަކު ސުވަރުގެ ދެވޭނީ މަންމަގެ ފައިދަށުންނެވެ..؟؟ މި ކަން ސާފުކޮށްލަ ދެއްވަބައްލަވަ! 

ޖަވާބު: އަންހެން ކުދިންނަށް ސުވަރުގެ ދެވޭނީ ފިރިމީހާގެ ފައިތިލަ ދަށުން ކަމުގައި ބަޔާންވެގެންވާ އެއްވެސް ބަސްފުޅެއް ވާކަން އެނގިފައެއް ނެތެވެ. އެހެން ނަމަވެސް ފިރިމީހާއަށް ކިޔަމަން ގަތުމާއި އޭނާގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ. 

ސުވަރުގެ ވަނީ މަންމަގެ ފައިގެ ދަށުގައި ކަމަށް އައިސްފައިވާ ޙަދީޘްގައި އެކަން ވަކި ފިރިހެން ޖިންސަށް ޚާއްޞަވެގެން ނުވެއެވެ. އެ ކަމުގައި އަންހެން އަދި ފިރިހެން ކުދިން ވެސް ހަމަހަމައެވެ. 

- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން