ބޭރުފުށަށް ބަލައި އެއްވެސް މީހަކަށް ފާޑު ނުކިޔާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ބޭރުފުށަށް ބަލައި އެއްވެސް މީހަކަށް ފާޑު ނުކިޔާށެވެ!: މުފްތީ މެންކް

މީސްތަކުންގެ ބޭރުފުށަށް ބަލައި އެމީހާއަކީ ހިތް ޠޯހިރު ނޫން މީހެއްކަމަށް ނުބުނާށެވެ! އެހެން އެކަން ކޮށްގެން ނުވާނެކަން ރަސޫލް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. ޞަޙާބީއަކަށް ވަނީ "ތިބާ އަށް އޭނާގެ ނިޔަތް އެނގުނީ އޭނާގެ މޭ އިރައި ހިތް ބެލީމަތޯ؟" މިފަދަ މޭރުމަކުން ޙަދީޘްފުޅުކުރައްވަވައިފައެވެ. ވީމާ ހިތާއި ނިޔަތުގެ މައްސަލައިގައި މީސްތަކުންނާއިމެދު ބަސްބުނުމާއި ޢަމަލުކުރުން އަހަރެމެންނަކަށް ހުއްދަވެގެނެއް ނުވެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޒީނަތްތެރިކުރަންވީ ބޭރުފުށުން ލާ ފޭރާމެއް ނޫނެވެ. ޒީނަތްތެރިކުރަންވީ އެތެރެފުށެވެ. ހިތެވެ! ތިމާއަށް ކުރެވެން އޮތްވަރަކުން އިތުރުކުރަންވީ  އަޅުކަންކުރުމެވެ، ދީލަތިކަމާއި އޯގާތެރިކަމެވެ. ރިވެތި އަޚްލާޤެވެ. 

އެއްވެސް މީހެއްގެ ބޭރުފުށަށް ބަލައި މަލާމާތް ކުރުމުގައި ބައިވެރިނުވާށެވެ! އެފަދަ އެއްވެސް ކަމެއް ނުކުރާށެވެ! އޭނާގެ ހިތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ އެފަދަ ކަންކަން ނުކުރަން އެހެން މީހުންނަށް ހިތްވަރުދޭ މީހަކަށްވާށެވެ! އެކަމުގެ ހެޔޮ ދަރުމަ ތިބާއަށް ދެއްވަވާނެތެވެ! އިން ޝާ ﷲ 

ﷲ ތަޢާލާ ތިބާއަށް މުޞީބާތެއް ކުރިމަތިކުރައްވަވަންދެން އަޅުކަންކުރަން ނުފަށައި ނުހުންނާށެވެ! އަބަދުވެސް އަޅުކަން ކުރަމުން ގެންދާށެވެ! އެއިރުން ﷲ ތައާލާ ގެންދަވާނީ ތިބާއަށް ރަނގަޅު ގޮތްތައް މިންވަރުކުރައްވަވަމުންނެވެ. 

އެއިރުން ހިތާމަ އާއި ކަންބޮޑުވުމުގެ ވަގުތުތަކުގައި ތިބާއަށް ރަނގަޅު ގޮތްތައް ﷲ ތަޢާލާ މިންވަރުކޮށްދެއްވަވާނެތެވެ! އެކަން ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ. އެއީ އެކަލާނގެ ވަޢުދުފުޅެކެވެ. އަޅުކަންކުރުންމަތީގައި ދެމިހުރެ ﷲ ތަޢާލާއަށް ދަންނަވަމުން ގެންދަވާށެވެ! ބޭނުންވާ ކޮންމެ ކަމަކަށްވެސް އެދިއެވެ. ހިންމަވައި ދެއްވެވޭނީ ހަަމއެކަނި ﷲ ތަޢާލާއަށެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން