ޕޯސްޓްމޯޓޮމް ހަދަން ނިޝާމާގެ ގުނަވަންތައް ކޮށާލައި ހަށިގަނޑަށް އަނިޔާކުރުމުގެ ބޭނުމެއް މިހާރަކު ނެތް!: ޑރ. އިޔާޟް

ކިޔުމަށް ހޭދަވާނީ 40ސ
ޕޯސްޓްމޯޓޮމް ހަދަން ނިޝާމާގެ ގުނަވަންތައް ކޮށާލައި ހަށިގަނޑަށް އަނިޔާކުރުމުގެ ބޭނުމެއް މިހާރަކު ނެތް!: ޑރ. އިޔާޟް

"މައްޔިތާ (ނިޝާމާ) އަށް އިތުރަށް އަނިޔާނުކުރައްވައި ޖަނާޒާގެ ކަންތައް ނިންމާލަ ދެއްވާ!  އޭނާގެ ޤާތިލު ކަމަށް ޝައްކުވާމީހާވެސް ވަނީ މަރުވެފައި، ވީމާ، ޤާތިލަކީ ކާކުކަން ހޯދުމުގެ ބޭނުމެއް މިހާރު ނެތް!" 

ޙަދީޘްފުޅުގައި އޮތީ "މައްޔިތާގެ ކަށި ބިންދުމަކީ ދިރިހުއްޓާ އޭނާގެ ކަށިތައް ބިންދުން ފަދަ ކަމެކެވެ." 

ޕޯސްޓްމޯޓޮމް ހަދާއިރު އެތެރެ ހަށީގެ ގުނަވަންތައް ތުނިކޮށް ފިޔާކޮށާ އުޞޫލުން ކޮށާލައެވެ! އެއަނިޔާ މައްޔިތާއަށް އިޙްޞާޞް ކުރެވޭނެކަން މިޙަދީޘްފުޅުން އެއޮތީ އެނގޭށެވެ! މިފަދަ އަނިޔާއެއް މައްޔިތާއަށް ދޭން ހެޔޮނުވާނެއެވެ! ޚާއްޞަކޮށް އެކަމުން ތަޙްޤީޤަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަން ރަނގަޅަށް އެނގެން އޮތްއިރު މިފަދަ އަނިޔާއެއް ދޭން ހެޔޮނުވާނެއެވެ!"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން