ފޯނަށް ލިބޭ ދީނީ މެސެޖްތަކަށް އިހްމާލުވެ ދަރުސްތަކަށް ސަމާލުކަން ނުދިނުމަކީ ބަލިމަޑުކަމާ ތަދުމަޑުކަމާ މުޞީބާތްތައް ގިނަވެ ﷲ ގެ ކޯފާ އާ ބައްދަލުކުރަން ޖެހިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ފޯނަށް ލިބޭ ދީނީ މެސެޖްތަކަށް އިހްމާލުވެ ދަރުސްތަކަށް ސަމާލުކަން ނުދިނުމަކީ ބަލިމަޑުކަމާ ތަދުމަޑުކަމާ މުޞީބާތްތައް ގިނަވެ ﷲ ގެ ކޯފާ އާ ބައްދަލުކުރަން ޖެހިދާނެ ކަމެއް!

އިސްލާމް ދީނުިގެ ނޫރު މީސްތަކުންނަށް ފޯރަނީ އެކިޒަމާނުގައި އެކިގޮތަށެވެ. ކުރީގެ ޒަމާންތަކުގައި ނަބީބޭކަލުންނާއި ރަސޫލްބޭކަލުން މެދުވެރިކުރައްވަވައެވެ. ރަސޫލް އަށްފަހު ޤުރްއާނާއި ޙަދީޘްތަކުންނެވެ. އެކަން ފަސޭހަވަމުން އައިސް މިއަދު އަތުގައި އޮންނަ ފޯނު މެދުވެރިކޮށްވެސް އަންނަނީ ލިބެމުންނެވެ.

ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވާލެއްވުމުގައި 950 އަހަރު ދެމިހުންނެވިއެވެ. އީމާންވި މީހުންގެ ޢަދަދަކީ 11 އާއި 80 އާއި ދެމެދުގެ ޢަދަދެކެވެ.

މިއަދު މީސްތަކުންނަށް ދީނުގެ ކަންކަން ކުރުމަށާއި ހެޔޮ އަމަލުކުރުން ގިނަކުރުމަށާއި ނަހީޚުރެއްވެވި ކަންކަން ނުކުރަން ގޮވާލައި ހަމައެކަނި ފޯނަށް ދުވާލަކު ކތައް މެސެޖު ލިބޭހެއްޔެވެ؟ އަހަރެއް ނިމިގެންދާއިރު ކިތައް ސަތޭކަ މެސެޖު ލިބޭ ހެއްޔެވެ؟ ޢުމުރު ހުސްވެ މަރުވުމާއިހަމައަށްދާއިރު ކިތައް މިލިއަން މެސެޖު ލިބޭހެއްޔެވެ؟

ސުވާލަކީ އެއިގެ ތެރެއިން ކިތައް މެސެޖަށް އަމަލުކުރިން ހެއްޔެވެ؟ އަޑުއަހާށެވެ! ކޮންމެ މީހަކު ނަރަކައަށް ވައްދަވާއިރު ދޮރުމަތިން މަލާއިކަތުން އެމީހަކާއި ސުވާލކުރައްވަވާނެތެވެ! ތިއަބައިމީހުންނާއި ހަމައަށް ރަސޫލުބޭކަލަކު ހަމަ ވަޑައިނުގަންނަވަނީހެއްޔެވެ؟ އެމީހުން ދަންނަވާނެތެވެ! "ނޫނެކެވެ. ވަޑައިގެންނެވިއެވެ! އަހަރެމެން ބަސް ޤަބޫލުނުކުރީއެވެ."

ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކުގެ އިތުރުން މިއަދު ތިއަބައިމީހުންނަށް ލިބޭ މެސެޖުތައް ލިބުނުތޯ ސުވާލުނުކުރައްވަވާނެ ކަމަށް ހީކުރަނީހެއްޔެވެ؟ ހަމަހިލައި އެހެންނަކުން ނުވާނެއެވެ. ސުވާލުކުރައްވަވާނެތެވެ!

ވީމާ މީސްތަކުން ނޫހުގެފާނުގެ ޤައުމުގެ މީހުންނަށްވުރެ މިއަދު މިވަނީ ޖާހިލުކަން ބޮޑުވެފައެވެ! ﷲ ތަޢާލާގެ ކޯފާ ނުއަންނާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ! ބަލިމަޑުކަމާއި ތަދުމަޑުކަންވެސް އަންނާނެއެވެ. އެހެން މުޞީބާތްތައްވެސް ދާނީ މެދުވެރިވަމުންނެވެ.

ނޫޙޫގެފާނުގެ ޤައުމުގެ މީހުންކަންކަން އެހިސާބަށް ދިއުމުން އެމީހުންނަށް އިތުރަށް ނަޞޭޙަތް ދެއްވެވުމުގެ ބޭނުންފުޅެއް ނެތް ޙާލަތަށް އެމީހުންގެ ކަންކަން ދިއުމުން ދެން ނޫޙުގެފާނަށް ﷲ އެކަން އެންގެވިގޮތާއި އެމީހުންނާއިމެދު ﷲ ތަޢާލާ ކަންކަން ނިންމެވި ގޮތް މިއޮތީ ފެންނާށެވެ! ޤުރާނުގައި އެހުރީ އެވާހަކަތައް ފެންނާށެވެ! މިއަދު އަހަރެމެންގެ މައްޗަށް ތަދުމަޑުކަމާއި ބަލިމަޑުކަމާއި މުޞީބާތްތައް ފޮނުއްވެވުމުން ބުނެވެން އޮތީ ކީކޭހެއްޔެވެ؟

ވިސްނައިލާށެވެ! އަދިވެސް ވަގުތުއެބައޮތެވެ! ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާށެވެ! ސަލާމަތްކަން ހޯދުންވަނީ އެމީހެއްގެ އަތްމަތީގައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން