ޒުވާން ޞަޙާބީން ރަސޫލް ޞޢވ ގެ އަރިއަހުގަ މަތިވެރި މަޤާމް ހޯއްދެވީ ހަމައެކަނި ޒުވާނަކަށް ވީތީއެއް ނޫން! ތަޤްވާވެރިކަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ޒުވާން ޞަޙާބީން ރަސޫލް ޞޢވ ގެ އަރިއަހުގަ މަތިވެރި މަޤާމް ހޯއްދެވީ ހަމައެކަނި ޒުވާނަކަށް ވީތީއެއް ނޫން! ތަޤްވާވެރިކަމުން!

އަޅުގަނޑުމެންގެ ތެރެއިން ބައަކަށް ވިސްނިގެން މިއަދު އުޅެނީ ޒުވާނަކަށްވުމަކީ ވަރަށް މަތިވެރި ދަރަޖައެއް ލިބެންޖެހޭ ކަމެއް ކަމަށެވެ. އެކަމުގެ ވާހަކަތައް ދައްކަމުން ގޮސް ރަސޫލާ ގެ އަރިއަހުގައި ޒުވާން ޞަޙާބީން ވަރަށް މަތިވެރި ދަރަޖަތައް ހޯއްދެވިކަމުގެ ވާހަކަތައްވެސް ދައްކައެވެ. 

އެހެންކަމުން ފުރަތަމަ ކަމަކަށް މައިންބަފައިން އަމިއްލަ ނަފްސާއި ސުވާލުކޮށްލަންވީ ތިމާމެންގެ ދަރިން ބޮޑެތިކޮށްފައި ތިބީ ކޮން ގޮތަކަށްތޯއެވެ؟ ސަބަބަކީ ރަސޫލާ ގެ އަރިއަހުގައި ޒުވާން ޞަޙާބީން މަތިވެރި ދަރަޖަތައް ހޯއްދެވީ ހަމައެކަނި ޒުވާނަކަށްވެވަޑައިގަތުމަކުން ނޫނެވެ. އެބޭކަލުންގެ ތަޤްވާވެރިކަމާއި ރިވެތި އަޚްލާޤުންނެވެ. އިސްލާމް ދީނަށްޓަކައި ކުރެއްވެވި މަތިވެރި ޚިދުމަތުންނެވެ. 

އެބޭކަލުންގެ ދަރަޖައިގެ މަތިވެރިކަންހުރި މިންވަރަކީ އެބޭކަލުންނާއި ގުޅިގެން ހިނގައިދިއަ ބައެއް ކަމުގައި އެބޭކަލުން ސަލާމަތްވެވަޑައިގަތުމަށްޓަކައި ކަންކަމުގެ ޙަޤީޤަތް 7 އުޑުމަތިން ވަޤުތުން ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެސް އެބަހުއްޓެވެ. މިދެކެވެނީ އާދައިގެ ކުދިކުދި ކަންކަމުގެ ވާހަކަތަކެއް ނޫނެވެ. 

ވީމާ ފުރަތަމަ ކަމަކަށް އޮތީ ދީންވެރި ތަޤްވާވެރިންގެ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމެވެ. މައިންބަފައިންނަށް އެކަން ޙާޞިލުކުރެވޭނީ ވަށައިގެންވާ މާޙައުލު އެކަމަށް ތަންދިންވަރަކުންނެވެ. ސްކޫލް މަދުރަސާތަކުގައި ތަޢްލީމަކީވެސް އެފަދަ ތަޢުލީމެއްކަމަށް ވެގެންނެވެ. ނަމާދުކުރާ ދަރިންގެ ގޮތުގައި ދަރިން ތަރުބިއްޔަތުކުރަން ސްކޫލްތަކުން ފުރުޞަތުދީގެންނެވެ. 

މިދަންނަވަނީ ޖަމާޢަތުގެ ނަމާދަށް ހުރަސް އެޅޭގޮތަށް އިތުރު ޙަރަކާތްތައް ރޭވުމުގެ މުހިންމުކަމުގެ ވާހަކައެވެ. އަދި ސްކޫލުތަކުން ހިންގާ އިތުރު ޙަރަކާތްތައް ހިންގާއިރުވެސް ދަރިވަރުންގެ ދީނީ ޢަޤީދާ ވަރުގަދަކުރަން މަގުފަހިވާގޮތަށް ހިންގައިގެންނެވެ. 

- އަލަފް 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

ރަސޫލް () ކަންކަމަށް އިސްކުރެއްވެވި އުސާމާ ބިން ޒައިދު، މުސްޢަބް ބިން ޢުމައިރު ފަދަ ޒުވާން ޞަޙާބީންގެ ވާހަކަ ދައްކާއިރު އެބޭކަލުންގެ ތަޤްވާވެރިކަމުގެ ވާހަކަ ނުދެއްކީމާ ޙަޤީޤަތް އޮޅެވެ. އެބޭކަލުންނަށް އެފަދަ މަތިވެރި ދަރަޖަ ދެއްވެވި ސަބަބުވެސް އޮޅިގެންދެއެވެ. 

މުސްޢަބް ބިން ޢުމަރަކީ މަދީނާގައި އިސްލާމް ދީން ފެތުރުއްވެވި ކޮންފަދަ އަގުހުރި ޚިދުމަތްތަކެއް ކުރެއްވެވި ބޭކަލއްތޯއެވެ؟

މިއަދު ސަފީރުކަމަށް އިސްކުރެވޭ ޒުވާނުންނާއި މަތީ މަޤާމުތަކަށް ޢައްޔަނުކުރާ ޒުވާނުންގެ ތެރެއިން އެންމެ ކުޑަމިނުން ސަޖިދައެއް ކުރަނީ ކިތައް ޒުވާނުންތޯއެވެ؟ މަތީ މަޤާމެއް ލިބުމުން ހއެންމެ ކުޑަމިނުން ހުކުރު ކުރޭތޯއެވެ؟ ދުވަހަކު ސަޖިދައެއް ނުކުރާ ގިނަވަގުތު އަވާމެންދުރުގައި ތިބޭ ކިތައް ޒުވާނުން މަތީ މަޤާމުތަކަށް އިސްކޮށްފައި އެބަތިބިތޯއެވެ؟ 

އެންމެ ކުޑަމިނުން ކުރިއަށްލާފައި ކުރަން ޖެހޭ ސުވާލުތަކުގެ ތެރޭގައި ކީރިތި ޤުރުއާނުގައިވާ މިންވަރަށް އައުރަ ނިވާނުކުރާ ކިތައް އަންހެނުން މަތީ މަޤާމުތަކުގައި އެބަތިބިތޯ ވެސް ސުވާލުކުރަން ޖެހެއެވެ.

ރަސޫލް () އެބޭކަލުންގެ މަޝްވަރާ ހޯއްދެވި ޞަޙާބީންނަކީ ވެސް ކިހައި ތަޤްވާވެރި، އިސްލާމް ދީނަށް ކޮންފަދަ މަތިވެރި މިންވަރަކަށް ނަޞްރު ދެއްވެވި ބޭކަލުންކަން ވެސް ހާމަކުރަން އެބަޖެހެއެވެ. 

އިސްލާމް ދީނުގެ ވާހަކަތައް ބޭނުންކުރެވެން ޖެހޭނީ، މިޘާލުތައް ޖަހަންވާނީ އދ އާއި ވެރިކަމުން ބޭނުންވާގޮތަށް ކަމުގައި ވެއްޖެނަމަ ދީނުގެ ޙަޤީޤަތް އެނގުމަށް ހުރަސްތައް އެޅިގެންދާނެކަން ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން