ކާފިރަކަށް ނަމަވެސް ކުނި މުދައު ވިއްކުމާ ބޮޑުއަގުގަ މުދައު ވިއްކުން ޙަރާމް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކާފިރަކަށް ނަމަވެސް ކުނި މުދައު ވިއްކުމާ ބޮޑުއަގުގަ މުދައު ވިއްކުން ޙަރާމް!: މުފްތީ މެންކް

ފުރަތަމަވެސް ވިސްނައިލާށެވެ! މުދައު ގަޑުބަޑުކޮށްގެން ވިއްކާ މީހާއަކީ މިއުންމަތުގެ މީހުންގެ ތެރެއިންވާ މީހެއް ނޫންކަމަށް އޮތް ޙަދީޘްފުޅަށެވެ. މި ޙަދީޘްބަސްފުޅަށް ބަލާއިރު އެއްޗެއް ގަތީ ކާކުތޯ ބަލާކަށް ނުޖެހެއެވެ. އަމާޒުކުރައްވާފައި އެވަނީ ވިއްކާ މީހާއަށެ. ވީމާ ގަޑުބަޑުކޮށްފައި ހުންނަ މުދަލެއް ކާފިރަކަށް ނަމަވެސް ވިއްކައިގެން ނުވާނެއެވެ. 

ވިޔަފާރީގައި އޮތީ ތެދުވެރިވުމެވެ. ކާފިރަކަށް ނަމަވެސް ބޮޑުއަގުގައި ވިއްކުމަކީ ޙަމަ ޙަރާމްކަމެކެވެ. ވިއްކަން ޖެހޭނީ އެއެއްޗެއް ވިއްކާ އަގުގައެވެ. އެމީހަކު ގާތް މީހަކަށް ނުވަތަ ދޭން ބޭނުންވާ މީހަކަށް ޑިސްކައުންޓެއް ދިނުމާއި އަދި ހިލޭ ދިނުމަކީ ހުއްދަކަމެކެވެ. އެހެނީ އެއެއްޗަކީ އެމީހާގެ މިލްކުގައިވާ އެއްޗެކެވެ. 

ބުނަން ބޭނުންވަނީ ފިހާރައިގައި ސޭލް އަޅުވައި ވިއްކަނީ 10 އިންސައްތަ ޑިސްކައުންޓްދީގެން ކަމަސްވާނަމަ ހުރިހާ ކަސްޓަމަރުންނަށްވެސް1 ދޭންޖެހޭނެއެވެ. ތަފާތު ކަމެއް ކަމަސް މިބުނަނީ އެމީހަކު ދޭން ބޭނުން މީހަކަށް އިތުރަށް ޑިސްކައުންޓް ދިނުމުގެ ވާހަކައެވެ. 

ރަސޫލް ގެ ޒަމާނުގައި މުސްލިމް ވިޔަފާރިވެރިން އެހައި ބާރަށް ކުރިއަރައިގެން އައީ ކީއްވެގެންހެއްޔެވެ؟ ސަބަބަކީ ވިޔަފާރީގައި ތެދުވެރިވުމެވެ. ތެދުވެރިވުމުން މީސްތަކުންގެ އިތުބާރު ބޮޑުވުމެވެ. ނަމަވެސް މިއަދުގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެއިތުބާރު ކޮބައިހެއްޔެވެ؟ 

ވިޔަފާރީގައި އިތުބާރު ގެއްލިފައިވާވަރު ނިކަން ވިސްނައިލަބަލާށެވެ! މުސްލިމުންނަށް އިތުބާރުކުރަން ކާފިރުންވެސް މިއަދުބޭނުމެއް ނުވެއެވެ. ވިޔަފާރީގައި މަޝްވަރާކުރަމުންގޮސް މުސްލިމެއްކަން އެނގުމުން މޫނު އަނބުރައިލަނީ ދުރަށެވެ. 

މީސްތަކުންނޭވެ! ތެދުވެރިކަމާއިއެކު ވިޔަފާރިކުރުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ހަމައެފަދައިން ﷲ ތަޢާލާ ނަހީކުރައްވާފައިވާ ކަންކަން ވިޔަފާރީގައި ކުރާނަމަ އެކުރެވެނީ ފާފައެކެވެ. ޒަކާތް ނުދެއްކުމުން އެކުރެވެނީ ފާފައެކެވެ.

ބިރުވެތިވާށެވެ. މީހަކަށް އެންމެ 5 ޑޮލަރު އަގުބޮޑުކޮށް ވިއްކާފައި އޮތް ނަމަވެސް އެ 5 ޑޮލަރު ހޯދަން ޤިޔާމަތް ދުވަހު އެމީހާ އަންނާނެއެވެ. އެމީހަކީ ކާފިރެއް ނަމަވެސް އަންނާނެއެވެ. ބަދަލުދޭންވެސް ޖެހޭނެއެވެ.

 

- މްފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން