އެއްވެސް މީހަކަށް ތިބާ ދެރަނުކުރެވޭނެ، ބަލިވެސް ނުކުރެވޭނެ މީހަކަށްވާން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އެއްވެސް މީހަކަށް ތިބާ ދެރަނުކުރެވޭނެ، ބަލިވެސް ނުކުރެވޭނެ މީހަކަށްވާން ބޭނުންހެއްޔެވެ؟

ތިމާއަކީ އެހެން އެއްވެސް މީހަކަށް ބަލިނުކުރެވޭނެ އެންމެ ގަދަފަދަ މީހާކަމުގައިވާން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ކޮންމެ މީހަކުވެސް އެކަމަށް ބޭނުންވާނެއެވެ. އެކަމަށް އޮތް އެންމެ ފަސޭހަމަގު މިބުނެދެނީއެވެ. 

ތިމާއަކީ އެހެން އެއްވެސް މީހަކަށް ބަލިނުކުރެވޭނެ އެންމެ ގަދަފަދަ މީހާކަމުގައިވާން ބޭނުން ނަމަ އޮތީ ގައިގެ ބާރު ވަރަގަދަކުރުމެއް ނޫނެވެ. ގައިގެ ބާރުވަރުގަދަކުރުމަކުން އަދި މިބުނު ކަންތައް ޙާޞިލެއް ނުކުރެވޭނެއެވެ. 

އެކަން ޙާޞިލްކުރަން ބޭނުންވާނަމަ ދުނިޔޭގައި ހުރިހާ ހިނދަކު ތިމާއަށް ﷲ ދެއްވަވަމުން ގެންދަވާ ކުދި ބޮޑު ހުރިހާ ނިޢްމަތްތައް ފާހަގަކޮށް އެއްވެސް އިމެއް އަދަދެއްނެތި ވީހައި ގިނައިން، ވީހައި ބޮޑަށް ﷲ އަށް ޝުކުރުވެރިވުންމަތީގައި ސާބިތުވެ ހުންނާށެވެ! 

ދުނިޔޭގައި ހުންނަން ލިބޭ ކޮންމެ ހިނދުކޮޅަކީ އެކަމަށް އޮތް ރަނުގެ ފުރުޞަތެކެވެ. މަރުގެ މަލާއިކަތާ ލޮލަށް ފެންނަ ވަގުތުން ފެށިގެން އެފުރުޞަތު ގެއްލި ދޮރުތައް ބަންދުވެގެންދާނެއެވެ. ވީމާ އެންމެ ހިނދުކޮޅެއްވެސް ލަސްނުކުރާށެވެ!

ﷲ އަށް ޙަމްދުކޮށް، ޝުކުރުކޮށް ވަކީލުކޮށްގެން ހުންނަ މީހަކަށް ދެރައެއް ދެވޭނެ އެއްވެސް މީހަކު ނުވެއެވެ. ވީމާ އެމހާ ވާނީ އެންމެ ގަދަފަދަ މީހަކުކަމުގައެވެ. ﷲ ތަޢާލާގެ އެ އަޅާގެ ދުޢާ ޢިޖާބަކުރައްވަވައި ދެއްވަވާނެތެވެ! އެއްވެސް އިމެއް ނެތި އެކަލާނގެ ރަޙްމަތް އޮއްސަވަމުން ގެންދަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން