ސުވަރުގެ ޔަޤީން ކުރެއްވެވިފަވާއިރުވެސް މުނާފިޤެއްކަމުގައިވެވަޑައިގެންފާނެތީ ބިރުފުޅުން ޢުމަރުގެފާނު އުޅުއްވެވިއިރު މިއަދު އަޅުގަނޑުމެންގެ ޙާލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ސުވަރުގެ ޔަޤީން ކުރެއްވެވިފަވާއިރުވެސް މުނާފިޤެއްކަމުގައިވެވަޑައިގެންފާނެތީ ބިރުފުޅުން ޢުމަރުގެފާނު އުޅުއްވެވިއިރު މިއަދު އަޅުގަނޑުމެންގެ ޙާލަކީ ކޮބާ؟

މުނާފިޤުންނަކީ އިސްލާމްކަން ބޭރުފުށުން ދައްކައިގެން، ކުފުރު ފޮރުވައިގެން އުޅޭމީހުންނެވެ. މުނާފިޤުކަމަކީ، ކުފުރަށްވުރެ ނުބައި އަދި ނުރައްކާތެރި ކަމެކެވެ. އަދި އެއީ ﷲ سبحانه وتعالى ގަދަފަދަވެގެން ޢަޒާބު ތައްޔާރު ކުރައްވާފައިވާ ބޮޑު ބިރުވެރި ފާފައެކެވެ. 

"ހަމަކަށަވަރުން، منافق ން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ." [4:145]

عمر بن خطاب رضي الله عنه އަކީ މިދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާ ބޭކަލެއްކަމުގައިވިޔަސް، މުނާފިޤެއްކަމުގައިވެވަޑައިގެންފާނެތީ  އެކަމާއި ބިރުވެތިވެ އުޅުއްވެވިކަން އެކަލޭގެފާނުގެ ސިޔަރަތުން އެނގެން އެބައޮތެވެ. 

ހިތާމައަކީ، މިއަދު އަޅުގަނޑުމެންގެ ހާލާމެދުއެވެ. ނިފާޤުކަމަކީ ކޮބައިކަންވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ފަރާތްތަކަށް ނޭނގެއެވެ. 

يا! އަޅަމެން ނިފާޤުކަމުގެ ބަލިމަޑުކަމުން ސަލާމަތްކުރައްވަވައި އީމާންތެރިކަމުގެ ނޫރުން ފުރިގެންވާ ވޮށްތަކެއް ކަމުގައި އަޅަމެންގެ ހިތްތައް ލައްވަވާށިއެވެ. އަދި އަޅަމެން އިސްލާމްދީންމަތީ ގައި ސާބިތުކޮށްދެއްވަވާށިއެވެ. އާމީން 

- ޙަޔާތުލްޤުލޫބް

މިއަދު އޮންލައިން