ސުވާލު: އަޅުގަނޑުގެ ސުވާލަކީ އަނބިމީހާ ޖިމާޢުވުމަށް އެދުމުން ފިރިމީހާ އެކަމަށް އިންކާރުކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި ފިރިމީހާ އެގޮތަށް ކަންތައް ކުރާނަމަ، ވަރިއަށް އެދުމުގެ ޙައްޤު އަނބިމީހާއަށް އޮންނާނެތޯ؟
ޖަވާބު: ދެމަފިރިންކުރެ ކޮންމެ މީހަކު ވެސް އަނެކާ ޖިމާޢުވުމަށް އެދިއްޖެ ނަމަ މަޤުބޫލު އުޒުރެއް ނެތް ނަމަ އެ ކަމަށް އިޖާބަދޭން ޖެހޭނެއެވެ. އެފަދަ އުޒުރެއް ނެތި ފިރިމީހާ އެ ކަންތަކުން އެއްކިބާވާ ނަމަ، ވަރިއަށް އެދުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެންވެއެވެ.
- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް