ޖިންނި ޝައިޠޯނުން އިންސާނުންގެ އަތުން ފައިސާ ބޭނުމެއް ނުވޭ! ބޭނުންވަނީ ކޮންއެއްޗެއް؟: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޖިންނި ޝައިޠޯނުން އިންސާނުންގެ އަތުން ފައިސާ ބޭނުމެއް ނުވޭ! ބޭނުންވަނީ ކޮންއެއްޗެއް؟: ޑރ. ޔާސިރު ޤާޟީ

ރަނގަޅަށް ބަލާށެވެ. ސިޙުރަކާއި ގުޅިގެންވެސް އަދި އެހެންކަމެއްގައި ވެސް ޝައިޠޯނުން އެއްވެސް ފައިސާއަކަށް ނުވަތަ ކޭޝްކާޑަކަށް މަނީ ޓްރާންސްފަރއަކަށް ނުއެދޭނެއެވެ. ސުވާލަކީ އެހެންވީއިރު އެއެއްޗެތި އެދެނީ ކޮން އެއްޗަކަށްހެއްޔެވެ؟ ބޭނުންވެގެން އުޅެނީ ކޮންކަމެއް ހެއްޔެވެ؟

ޖަވާބަކީ އެއްޗެތިވެސް ބޭނުންވެގެން އުޅެނީ ހަމަ އެއްކަމެކެވެ. މީސްތަކުންނަކީ އެއްވެސް އަގެއްހުރި ބައެއް ކަމަށް ނުހަދައި އެންމެން ނަރަކައަށް ފޮނުވާލުމަށެވެ. އެއެއްޗެއްސަކީ އިންސާނުންނަށްވުރެ މާމަތިވެރި އެއްޗެއްކަމަށް ޤަބޫލުކުރާތީއެވެ. 

އެހެންވީމާ ބަދަލުގައި ދޭންމިޖެހެނީ މީހާގެ ޢަޤީދާއެވެ. އީމާންކަމެވެ. ޢަޤީދާ އާއި އީމާންކަން ޤުރްބާންކޮށްފައި މިޖެހެނީ ﷲ ތަޢާލާއަށް ޝަރީކުކުރާށެވެ! އެހިސާބުން ތިމާ ކާފިރުވެވުނީއެވެ! 

ސިޙުރުވެރިންގެ ގާތަށް ދިއުމުންނާއި ގޮސް އެމީހުން ދައްކާ ވާހަކަތައް ޤަބޫލުކުރާ ހިސާބުން އެއޮތީ އެއްޗެތީގެ މަޤްޞަދު ޙާޞިލުކުރެވިފައެވެ. ޝިރުކުރުކުރުގެ ތެރެއަށް ތިބާ ވައްޓާލެވިފައެވެ. އަދި އެހިސާބުން ތިބާއަށް އެހުރެވެނީ މިބުނި ފަދަ ޙާލަތެއްގައެވެ. އަލުން ތައުބާވާންޖެހޭ ޙާލަތުގައެވެ. 

ޞިޙުރުވެރިން ތައްޔާރުކުރާ ކޮންމެ އެއްޗެއްވެސް ތައްޔާރުކުރާނީ އެމީހަކާއި ގުޅިފައި ހުންނަ ޝައިޠޯނާ ބުނާ ގޮތަކަށެވެ. އަކައެއް ކުރެހިނަމަވެސް ލިޔުމެއް ލިޔުނު ނަމަވެސް ކަންކަންކޮށްފައި ހުންނާނީ ޖިންނިންނާއި ގުޅުވައިގެންނެވެ. އެމީހުން ހިތުން ﷲ ތަޢާލާ ބަލިކޮށްފައެވެ. 

ނަމަވެސް ބަލިވާނީ އިބިލީހާއި ޖިންނި ޝައިޠޯނުންނެވެ. އިންސާނުންގެ ތެރެއިން އެއެއްޗެތީގެ ގާތަށް އެހީތެރިކަން ހޯދަން ގޮސްއުޅޭ ބައެކެވެ. ﷲ ތަޢާލާ އާއި އެކަލާނގެ މަދަދު ދެއްވެވި ހަމައެންމެ އިންސާނަކުވެސް ބަލިނުކުރެވޭނެއެވެ. ބަލިނުކުރެވޭނެ ތަނުގައި ﷲ ތަޢާލާގެ ޙިމާޔަތް ލިބިގެން ހުރި މީހަކާއި ވައިއެޅިވެސް ނުލެވޭނެއެވެ. އިންޝާ ﷲ 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން 

މިއަދު އޮންލައިން