ޞަޙާބީން ރަސޫލާ ޞޢވ, އަށް ބައިއަތު ހިއްޕަވައި ޢަމަލުކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް އިހްމާލުވެވިފައިވާ 2 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ޞަޙާބީން ރަސޫލާ ޞޢވ, އަށް ބައިއަތު ހިއްޕަވައި ޢަމަލުކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް އިހްމާލުވެވިފައިވާ 2 ކަމެއް-

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

ޒަމާން ގަންދެއްވަވަމެވެ. (.) ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. (.) އީމާންވެ، ޞާލިޙް ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ. (.)

(ވަލްޢަޞްރި: 1،2،3) 

ﷲ ތަޢާލާގެ ވަޙީ ބަސްފުޅު އަދިވެސް ތަކުރާރުކޮށްލާނަމެވެ. ޚާއްޞަކޮށް "އީމާންވެ، ޞާލިޙް ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ." އޮތް ބަސްފުޅެވެ. 

މިއާޔަތުން އެނގިގެންދަނީ އީމާންވެ ޞާލިޙް އަމަލުތައް ކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން ފިޔަވައި އެހެން މީހުންނަކީ ގެއްލުމެއްގައިވާ ބައެއްކަމެވެ. 

ޖަރީރު ބުން ޢަބްދުﷲ (ރޢ) ވިދާޅުވިއެވެ. "ނަމާދު ޤާއިމުކުރުމަށާއި، ކޮންމެ މުސްލިމަކަށް ނަޞޭޙަތްތެރިވުމަށް، ތިމަން ކަލޭގެފާނު، ރަސޫލާ ()އަށް ބައިތު ހިއްޕެވީމެވެ." 

ލޮބުވެތި ޞަހާބީން އެއްބޭކަލަކު އަނެއް ބޭކަލަކާއި ބައްދަލުވެވަޑައިގަންނަވާހިނދު ސޫރަތުލްޢަޞްރި ކިޔަވައި ވިދާޅުވެ. އެ ސޫރަތަށް އަމަލު ކުރެއްވެވުމަށް އެއްބޭކަލަކު އަނެއް ބޭކަލަކަށް އަހުދުވެވަޑައިގަންނަވައެވެ.  

ސުވާލަކީ ދެ މީހަކު ބައްދަލުވުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިކަން ކުރުމުގެ މަގުތައް މިހައި ފަހިވެފައި އޮތްއިރުވެސް މިކަން މިއަދު އެބަކުރެވޭހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އަތުގައި އޮންނަ ފޯނަށް ކޮންމެ ދުވަހަކު މިބާވަތުގެ އެތައް ބައިވަރު މެސެޖުތައް ލިބމުންދާއިރު އެންމެ ކުޑަމިނުން އެ މެސެޖުތައް އަހަރެމެންނަށް ބަލައި ކިޔައިލެވޭހެއްޔެވެ؟ ހެޔޮ ނަޞޭޙަތެއް ދިނުމުން ބަލައި ނުގަތުމަކީ ބޮޑާ ކަމެވެ. 

ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ ދީނަކީ ނަޞޭޙަތް ކަމުގައެވެ. އަދި އެގޮތަށް 3 ފަހަރު ޙަދީޘްފުޅު ކުރެއްވެވުމުން އެއީ ކޮންބައަކަށްތޯ ޞަޙާބީން ސުވާލު ކުރެއްވެވުމުން ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ އެއީ "ﷲ އަށާއި، އެކަލާނގެ ފޮތަށާއި، މުސްލިމުންގެ ވެރިންނަށާއި ޢާންމުންނަށް ކަމަށެވެ." ވީމާ ނަޞޭޙަތް ދޭން ނުޖެހޭ ހަމަ އެކަކުވެސް ނެތެވެ. 

ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް އަދި ކިތަންމެ މަތީ މަޤާމެއްގައި ހުރިނަމަވެސް މަތިވެގެންގޮސް އަމީރަކަށްވީނަމަވެސް މިކަމުގައި އެއްވެސް އިސްތިސްނާއެއް ނެތެވެ. އެމީހުން މަގުފުރެދެމުންދަނީ ނަޞޭޙަތްދޭން ތިބި މީހުން އެކަންކުރަން ފަސްޖެހޭތީއެވެ. ތަނަވަސްކަމާއި ޢިއްޒަތަށް ބަލައި ނަބޭޙަތްދޭން ޖެހިލުންވާތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން