2 އިރު ކުރުކުރު 3 ސޫރަތް ކިޔެވުމުން ބޭނުންވާ ރައްކައުތެރިކަމާ ހުރިހާ ކަމެއް ޙާޞިލުކުރެވެން އޮތްކަން ޙަދީޘުން އެނގެން އޮތްއިރު އެވަރު ކޮށްނުލެވެންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
2 އިރު ކުރުކުރު 3 ސޫރަތް ކިޔެވުމުން ބޭނުންވާ ރައްކައުތެރިކަމާ ހުރިހާ ކަމެއް ޙާޞިލުކުރެވެން އޮތްކަން ޙަދީޘުން އެނގެން އޮތްއިރު އެވަރު ކޮށްނުލެވެންވީ ކީއްވެ؟

މުޢާޛް ބިން ޢަބްދުﷲ (ރޢ) ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވިއެވެ. 

"ތިމަންމެން ރަސޫލް () އާއިއެކު ދަތުރެއްގެމަތީގައި ވީމުއެވެ. ދުވަހަށް އިރުއޮއްސުނުއިރު އަހަރެމެން ތިބީ ފެންބޮވައިގެންފައެވެ. އަހަރެމެން އިންތިޒާރުކުރަމުން ގެންދިއައީ ނަމާދުކުރެއްވެވުމަށް ރަސޫލް () ވަޑައިގަންނަވާނެ ވަގުތަކަށެވެ. 

އެހެން ތިއްބައި ވަޑައިގެން އަހުރެންގެ އަތުގައި ހިފައިގެން ގެންދެވި އެވެ. އަދި ޙަދީޘްފުޅު ކުރެއްވެވިއެވެ. "ވިދާޅުވާށެވެ!" އަހުރެން ދެންނެވީމެވެ. ކިޔަންވީ (ނުވަތަ ބުނަންވީ) ކީކޭތޯއެވެ؟ އެގޮތަށް ދެފަހަރު ޙަދީޘްފުޅު ކުރެއްވެވިއެވެ. ދެވަނަ ފަހަރުވެސް ތިމަންކަލޭގެފާނު ހަމަ އެފަދައިން ސުވާލުކުރެއްވެވީމެވެ. 

އެހިނދު ޙަދީޘްފުޅުކުރެއްވެވިއެވެ. "قُلْ هُوَ اللَّهُ أَحَدٌ" ސޫރަތާއި އެސޫރަތުގެ ފަހަތުން އޮތް 2 ސޫރަތް ކިޔަވާށެވެ! (އިޚްލާޞް، ފަލަޤް، ނާސް 3 ސޫރަތް ވިދާޅުވާށެވެ!) ހެނދުނާއި ހަވީރު (ފަތިސް ވަޤުތާއި އިރުއޮއްސޭ ވަގުތު) އެކަމުން ފުދޭނެއެވެ." 

އިތުރު ޙަދީޘްފުޅެއްގައިވެއެވެ. "އެ 3 ސޫރަތް ކިޔެވުމުން ބޭނުންވާ ހުރިހާކަމެއް ޙާޞިލުކުރެވޭނެއެވެ." 

ވީމާ އެނގިގެން މިދަނީ ރައްކައުތެރިކަން ލިބޭނެކަން އެކަންޏެއް ނޫނެވެ. އެމީހާޢަށް ބޭނުންވާ ހުރިހާ ކަމެއްވެސް ލިބިގެންދާނެކަމެވެ. އަދި އެގޮތަށް ރަސޫލް () ޙަދިޘްފޅުކުރެއްވެވުމުން ޞަޙާބީގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވެވީ އެކަން ކުރެއްވެވުން މަތީގައެވެ. 

އަހަރެމެންވެސް މި ހަދީޘްފުޅުގައި ހިފަހައްޓަންވީއެވެ. ޞަޙާބީއަކު ހިއްޕަވާނެ ފެނަށް ބޭނުންފުޅުވެވަޑައިގެން ހުންނަވަނިކޮށް އަތްޕުޅުގައި ހިއްޕަވައިގެން ގެންދަވައި މިފަދައިން ކުރައްވަވާފައިވާ ޙަދީޘްފުޅަކަށް ޢަމަލުކުރުމުން މިއަދުވެސް ހަަމ އެފަދައިން ކަންކަން ހިންމަވައި ދެއްވަވާނެތެވެ. ބޭނުންވަނީ އިތުބާރުކުރުމާއި އިޚްލާޞްތެރިވުން ހަމަ އެމިނުގައި ތިމާގެ ކިބައިވެސް ބަހައްޓަން މަސައްކަތްކުރުމެވެ.   

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން