ކާފަރުން އެދޭހާކަންކަން ނުކުރިޔަސް ދުނިޔަވީ ކަންކަން ކުރެވިދާނެ ކަމުގެ އަލިގަދަ ހެކި ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޤަޠަރު މުޅި ދުނިޔެއަށް ހާމަކޮށްދީފި! ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކާފަރުން އެދޭހާކަންކަން ނުކުރިޔަސް ދުނިޔަވީ ކަންކަން ކުރެވިދާނެ ކަމުގެ އަލިގަދަ ހެކި ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޤަޠަރު މުޅި ދުނިޔެއަށް ހާމަކޮށްދީފި! ޑރ. އިޔާޟް

"ކާފަރުން އެދޭހާކަންކަން ނުކުރިޔަސް ދުނިޔަވީ ކަންކަން ކުރެވިދާނެ ކަމުގެ އަލިގަދަ ހެކި ނިމިގެންދިޔަ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޤަޠަރު މުޅި ދުނިޔެއަށް ހާމަކޮށްދީފި!"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ކާފިރުން ރުއްސަން ރާއްޖޭގައި ކްރިސްމަސް ފާހަގަކުރަން ބައަކު މަސައްކަތްކުރަމުން އަންނަ ވަޤުތެއްގައެވެ.

ހުޅަނގާއި އެމެރިކާއިންވަނީ ވޯލްޑް ކަޕްގައި އެއްޖިންސުން ގުޅުން ހިންގުން އިޝްތިހާރުކުރުމަށާއި ސްތޭޑިއަމްތަކުގައި ބަނގުރާ ވިއްކުން ހުއްދަކުރަން ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެކަންކަމަށް އެދިގެން ޤަތަރު ސަރުކާރަށް ވަނީ ބޮޑެތި ޕްރެޝަރުތައް ކުރިމަތިކުރުވައިފައެވެ. 

ޤަތަރު ސަރުކާރުން އެއިން އެއްވެސް ކަމަކަށް ޢިޖާބައެއް ނުދެއެވެ. ފައުޅުގައި ދެކޮޅުހަދައި އިންކާރުކުރީއެވެ. އެހެންކަމާއިއެކުގައިވެސް ޤަތަރުގައި ނިމިގެންދިއަ ވޯލްޑްކަޕްވެފައިވަނީ ފަހުގެ ތާރީޚުގައިވެސް ހުރިހާ ގޮތަކުންވެސް އެންމެ ކާމިޔާބު މުބާރާތަށެވެ. މުބާރާތުގެ ހުރިހާ ކަންކަން ހިނގައިދިއައީ ވަރަށް އަމާންކަމާއިއެކުގައެވެ. 

އެންމެ ޚާއްޞަގޮތެއްގައި ފާހަގަކުރަންޖެހެނީ ޤަތަރު ސަރުކާރުން ފައުޅުގައި ނުކުމެ އިސްލާމްދީން ކުރިއަރުވައި ދީނަށް ނަޞްރުދޭން ކުރި މަސައްކަތްތަކުގެ ސަބަބުން އެތައް ސަތޭކަ ބައަކު އިސްލާމްވެފައިވާކަމެވެ. އެތައް ހާސް ބައަކު އިސްލާމްވާނެ ކަމުގެ އުންމީދު އިތުރުވިކަމެވެ. އެތައް ހާސް ބައަކަށް އިސްލާމް ދީނުގެ ޙަޤީޤަތް އެނގި އިސްލާމްދީނަށް ލޯބި އުފެދިގެންދިއަ ކަމެވެ. 

ވީމާ މިހުރިހާ ކަމަކުންވެސް އެނގެނީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވުމުން ކާމިޔާބީ މިންވަރުކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ 

މިއަދު އޮންލައިން