ދުޢާ ކާމިޔާބުކުރަން އެދޭމީހާއަށް ދުޢާކުރުމުގެކުރިން ދުޢާކުރުމަށް އެންގެވި އާޔަތް ރަނގަޅަށް އެނގެންޖެހޭނެ! ޝަރުޠު ފުރިހަމަކޮށް ދުޢާކުރީމާ ޢިޖާބަކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދުޢާ ކާމިޔާބުކުރަން އެދޭމީހާއަށް ދުޢާކުރުމުގެކުރިން ދުޢާކުރުމަށް އެންގެވި އާޔަތް ރަނގަޅަށް އެނގެންޖެހޭނެ! ޝަރުޠު ފުރިހަމަކޮށް ދުޢާކުރީމާ ޢިޖާބަކުރައްވަވާނެ! އިން ޝާ ﷲ

"އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ."

(އަލްބަޤަރާ: 186) 

ފުރަތަމަ ކަމަކީ މިއާޔަތުގައި ﷲ ތަޢާލާ ބަސްފުޅު ވަޙީކުރައްވަވާފައިވާ މަގެވެ! ބަސްފުޅުތަކުގެ ތިލަކަމެވެ. ހަމައެއާއިއެކު ބަސްފުޅު ވަޙީކުރައްވަވާފައިވާ ގޮތެވެ. 

މިޘާލަކަށް "ތިމަންރަސްކަލާނގެ" އިނގިރޭސިބަހަށް ބަދަލުކޮށްލީމާ ބުންނަޖެހޭނީ "އަހުރެން" މިހެންނެވެ. ނުވަތަ ތިމަންނާއެވެ. ވީމާ އެނގިގެންއެދަނީ ދުޢާކުރާ މުސްލިމް އަޅުންނަށް ދެއްވަވާ އަހައްމިއްޔަތުކަމުގެ ބޮޑުކަމެވެ. ދުޢާކުރުމަށް އުފާފުޅުވެވޮޑިގަންނަވާވަރެވެ. 

މުސްލިމުންނަކީ ދުޢާކުރަން މެދުވެރިއަކު ބޭނުންވާ ބައެއް ނޫނެވެ. ކޮންމެ މުސްލިމަކުވެސް އެމީހަކު އެދޭކަމެއް ބަޔާންކޮށް ދުޢާކުރަންވީއެވެ. އެންމެ މުހިންމީ އަސަރާއިއެކު ދުޢާކުރުމެވެ. އެހެންވީމާ ޢަރަބިބަހުން ކޮށަކޮށައިގެން ދުޢާކުރަން އުޅުމުގެ ބޭނުމެއް ނެތެވެ. އެމީހެއްގެ ބަހުން ދުޢާކުރަމުންގެންދަންވީއެވެ. 

މިބަޔާންކުރި އާޔަތުގެ ފުރަތަމަ ބައިގައި އެވަނީ ""އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ..." 

އެކަމުން އެނގިގެންދަނީ މުސްލިމުން އިޚްލާޞްތެރިކަމާއިއެކު ދުޢާކުރުމުން ޢިޖާބަކުރައްވަވާނެ ކަމެވެ. ދެވަނަބައިގައި އެވަނީ ދުޢާކުރާމީހާގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުޠުތަކެވެ. 

".. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ." 

މިބަސްފުޅުން އެނގިގެންދަނީ ދުޢާކުރާ މީހާ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ޢިޖާބަދޭންވާނެކަމެވެ. ކިޔަމަންތެރިކަން އަދާކުރަންޖެހޭނެ ކަމެވެ. އެމީހާއަކީ ފުރިހަމަގޮތުގައި އީމާންވެގެންހުރި މީހަކަސްވާންޖެހޭނެ ކަމެވެ. ތެދުމަގުލިބޭނީ އެއިރުންކަމެވެ.

 

- ނޫމާން ޢަލީޚާންގެ ދަރުސަކުން

މިއަދު އޮންލައިން