ސުވާލު: ނަމާދު ބަރާބަރަށް ކުރެވިފަ ރަވާތިބު ސުންނަތްތައް ނުކުރެވޭނަމަ ނަމާދުން ލިބޭ ޘަވާބު މަދުވާނެތޯ؟
ޖަވާބު: ރަވާތިބު ސުންނަތް ނުކުރުމަކީ ނަމާދުން ލިބެންވާ ދަރުމަ އުނިވާ ކަމެއް ނޫނެވެ. ނަމަވެސް ނަމާދުގައި ކުރެވިފައި ހުންނަ ކުދިކުދި ގޯސް ކަންތައްތަކުގެ ކައްފާރާއަކަށް ފުދޭ އެއްޗެކެވެ. މީގެ އިތުރުން ރަވާތިބު ސުންނަތުގެ 12 ރަކްޢަތަށް ރައްކާތެރިވެއްޖެ މީހަކަށް ސުވަރުގެއިން ގަނޑުވަރެއް ދެއްވާނެކަން ޙަދީޘްގައި ވާރިދުވެފައިވެއެވެ.
އިތުރު ސުވާލެއް:
ސުވާލު: އިހު ސުންނަތް ނަމާދު، ގޭގައި ކޮށްގެން ދާއިރު ފުރަތަމަ ސަފު ނުލިބޭ. އެހެންވާނަމަ، ގޭގައި ސުންނަ ކުރުންތޯ ނުވަތަ ފުރަތަމަ ސަފު ހޯދަން މިސްކިތަށް ގޮސް ސުންނަތް ކުރުމުގައިތޯ ސަވާބު ބޮޑީ (ކޮން ކަމެއްގައިތޯ ސަވާބު ބޮޑީ)
ޖަވާބު: މި ޙަލަތުގައި އިހު ސުންނަތް މިސްކިތުގައި ކޮށްފައި ފަހު ސުންނަތް ގޭގައި ކުރާނީއެވެ.
- ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް