ސުވަރުގޭގައި ވެސް އެކަކު އަނެކަކަށް ތައްރީފްކުރެއެވެ. ތިބާގެ ރީތިކަން އިތުރުވާކަމަށް އެކަކު އަނެކަކަށް ބުނެއެވެ. ވީމާ އަނެކާގެ ސިފަ ރީތިކަމަށްބުނެ ތަޢްރީފްކުރުން ހިމެނިފައި މިވަނީ ސުވަރުގޭގެ އަހުލުވެރިންގެ ސިފަތަކުގެ ތެރޭގައެވެ.
ވީމާ މިއީ ދުނިޔަވީ ދިރިއުޅުމުގައިވެސް އަހަރެމެން ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވާކަމަށް ގިނަގިނައިން ބުނަންވާނެއެވެ. އެއީ ދެމްަފިރިންގެ ލޯބި އިތުރުވެގެންދާނެ ކަމެކެވެ.
ދެމީހުންނަށް ލޯބިން އެކުގައި އުޅެވޭނަމަ ޔަޤީންކުރެވިފައި އޮންނަނީ ލޯބިވާ ވާހަކަ ނުބުނި ނަމަވެސް އަނެކާއަށް އެނގޭނެ ކަމަށެވެ. އަނެކާއަށް އެނގުމަކީ މުޅިން ތަފާތުކަމެކެވެ. ބުނެ ލޯބި އާލާކުރަން މަސައްކަތްކުރުމަކީވެސް ތަފާތުކަމެކެވެ.
އެއީ ކުރަންޖެހޭނެ ކަމެއް ނަމަ ޙޫރަލްޢީނުން އެމީހުންގެ ބައިވެރިންނަކަށް ތަޢްރީފެއް ނުކުރީހެވެ. އަދި ފިރިންވެސް ތަޢްރީފެއް ނުކުރީހެވެ. ސުވަރުގެއަކީ ކުރަން ނުޖެހޭ ބޭކާރު ކަންކަން ކުރާނެ ތަނެއް ނޫނެވެ.
މީހުންނަށް ޤަބޫލުނުކުރެވެނީއެވެ. ދެމަފިރިން އެކަކު އަނެކަކަށް ހެޔޮބަސް ނުބުނުމާއި ތަޢްރީފް ނުކުރުމަކީ ދަހިވެތިކަން ހައްދުފަހަނައަޅައިދިއުމެވެ. އެއީ ފައިސާއަށް ދަހިވެތިވުމަށްވުރެވެސް ލިބޭ ގެއްލުން މާބޮޑު ކަމެކެވެ.
ވީމާ ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ސަމާލުކަންދޭންވާނެއެވެ! އުފާވެރި ދިރިއުޅުމެއް ލިބޭނީ އެއިރުންނެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން