އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ މުފްތީ މެންކް އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ 5 ޖީ ކަމަށް ހަދައިފިނަމަ ހުރިހާ ކަންބޮޑުވުންތަކެއް ފިލާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ މުފްތީ މެންކް އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ 5 ޖީ ކަމަށް ހަދައިފިނަމަ ހުރިހާ ކަންބޮޑުވުންތަކެއް ފިލާނެ! އިން ޝާ ﷲ

މުފްތީ މެންކު ލޮކްޑައުންގެ ޙާލަތުގައި ވިދާޅުވެފައިވާ ބަސްފުޅެއްގެ ހަނދާން އައުކޮށްލާނަމެވެ.

"ލޮކްޑައުންގެ ޙާލަތުގައިވެސް އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވީ 5 ޖީ އާއިމެދުގައެވެ. އެހެންވެ އަހަރެން އެންމެ ބޮޑަށް ކަންބޮޑުވާ 5 ޖީބުނެލާނަމެވެ. 

އެއީ ފަތިސްނަމާދާއި މެންދުރުނަމާދާއި ޢަޞްރުނަމާދާއި މަޣްރިބްނަމާދާއި ޢިޝާނަމާދެވެ! މިއަށްވުރެ މުހިންމު 5 ޖީއެއް އަހަރެންނަކަށް ނެތެވެ!" މުފްތީ މެންކް 

މުފްތީ މެންކް މިމޭރުމުން ވިދާޅުވެފައި އެވަނީ "ޖީ" އަކީ "ގްރޭޓް" ކަމަށް ބައްލަވައިގެންނެވެ. ޙަޤީޤަތުގައިވެސް ނަމާދުކުރުމަށްވުރެ މަތިވެރިކަންބޮޑު ޢަމަލެއް ނެތެވެ! ވީމާ ލިބިވަޑައި ނުގެންފާނެކަމަށް މުފްތީ މެންކު އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ 5 ޖީ ވާންޖެހޭނީ ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭ 5 ޖީ ކަމަށެވެ! 

ކޮންމެ ތަނެއްގައި ކޮންމެ ޙާލަތެއްގައި ހުރެގެންވެސް ފަރުޟު 5 ނަމާދަށް ރައްކައުތެރިވާށެވެ! އެކަންކުރުމަށްވުރެ މުހިންމު ކަމެއް ނުބާއްވާށެވެ! ކިތަންމެ ބުރަކޮށް މަސައްކަތްކުރަމުންވެސް އަދި ކިތަންމެ ބޮޑު ތަކުލީފުތަކެއް އުފުލަންޖެހިފައިވީނަމަވެސް ފަރުޟު 5 ނަމާދަށް ރައްކައުތެރިވާށެވެ. 

ކުރިމަތިވާ ހުރިހާ ބުރަކަމެއް ލުއިފަސޭހަކޮށްދެއްވެވޭނެ ފަރާތަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރީމާ އަހަރެމެން ބޭނުންވާ ހުރިހާ ކަމެއް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

 

މިއަދު އޮންލައިން