އެބައަކު ދުނިޔޭގައި ތިބެ ކިތަންމެ ގިނައިން ހެޔޮ ޢަމަލުތައް ކޮށްފައިވީނަމަވެސް އެބައެއްގެ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ މީހުންގެ ތެރޭގައި ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުްމފުލުތައް ޤަބޫލުނުކުރާ މީހުން ހިމެނިގެންވެއެވެ. އެކަން އެނގެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުންނެވެ.
"އެއީ އެއުރެން، ﷲ ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެކަލާނގެ އެއުރެންގެ ޢަމަލުތައް ބާޠިލް ކުރެއްވިއެވެ." (މުޙައްމަދު: 9)
މިއަދު އެއްބައަކު ކީރިތި ޤުރްއާނުގައިވާ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ޤަބޫލެއް ނުކުރެއެވެ. ޢަމަލެއް ނުކުރެއެވެ. އަނެއް ބައަކު ސުންނަތް ޤަބޫލެއް ނުކުރެއެވެ. އަނެއް ބައަކު މިބުނަނީ އިސްލާމް ދީނުގައި އިޞްލާޙްކުރަންޖެހޭ ކަންކަން އެބަހުރިކަމަށެވެ. މިދެއްކެނީ ކޮންފަދަ ނުބައިކަން ބޮޑު ވާހަކަތަކެއް ހެއްޔެވެ؟
މީސްތަކުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ އިކްތިޔާރުތަކުގެ ބޭނުން އެމީހަކު ހިތްއެދޭގޮތަކަސް ހިފިދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަމާއިއެކު ހުއްޓިހުންނަން ޖެހޭ ދުވަހު އެކަމުގެ ރަހަ އެމީހަކު ދެކޭނެތެވެ. މިއަދު އެކަމަސް ބިރުވެތިނުވެވި އެދުވަހަކުން ސަލާމަތެއް ނުވެވޭނެއެވެ!
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން