ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބުމަށް އެދޭމީހާ ޔަތީމް، މިސްކީން ކުދިން ހޯދައިގެންވެސް އެހީތެރިވެދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބުމަށް އެދޭމީހާ ޔަތީމް، މިސްކީން ކުދިން ހޯދައިގެންވެސް އެހީތެރިވެދޭށެވެ!

ކޮންމެ މީހަކަށްވެސް އެނގޭނެ ޔަތީމް، މިސްކީން ކުދިން ތިބޭނެއެވެ. ނުއެނގޭނަމަ ހޯދައިގެންވެސް އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެކަންކުރާށެވެ. 

ޔަތީމް، މިސްކީން ކުދިންނަށް އެހީތެރިވެދޭ މީހާ ސުވަރުގޭގައި ވާނީ ތިމަންކަލޭގެފާނާއި މިފަދައިން ކަމަށް ހަދީޘްފުޅު ކުރައްވަވައި ރަސޫލް () ދެއްކެވީ އަތްޕުޅުގެ ދެ އިނގިލިފުޅެވެ. މާނައަކީ ސުވަރުގޭގައި އެހައި ގާތުގައި ވާނެ ކަމެވެ. 

ﷲ އަށްޓަކައި ޔަތީމް ކުދިންނަށާއި ހުވަފަތް އަންހެނުންނަށް އެހީތެރިވުމަކީ ރޭގަނޑު ހަތަރުދަމު ރޭއަޅުކަން ކުރުމާއި ކޮންމެ ދުވަހަކު ރޯދައަށް ހުރުން ފަދަ ކަމެއް ކަމުގައިވެސް ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. 

މިވަރުންވެސް ނުފުދެނީހެއްޔެވެ؟ އެކަމުގައި ހުރި މަތިވެރި ދަރުމަ މިވަރުންވެސް ނުއެނގެނީހެއްޔެވެ؟ 

އަހަރެމެން މުސްލިމުންގެ ތެރޭގައިވެސް މިކަންކަމަށް ވިސްނާ މީހުން ވަރަށް މަދެވެ. ކުޅިވަރާއި މަޖާކުރަން ބޮޑެތި ޚަރަދުތައް ކުރަމުންގެންދާއިރު އާޚިރަތުގައި ތިމާއަށް މިހައި ބޮޑު ފައިދާކުރާނެ ކަންކަން ކުރަން ސަމާލުކަން ދެވެނީ މަދުމީހަކަށެވެ. ނިކަމެތި މީހަކު އެހީއަކަށް އެދުނަސް އެއްޗެއް ދިއްކޮށްލުންވެސް އޮންނަނީ ވަރަށް ބޮޑުކަމަކަށްވެފައެވެ. 

މީސްތަކުންނޭވެ! އަތުގައި ހުރިނަމަ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކޮންމެ ކަމަކަށްވެސް ހޭދަކުރާށެވެ. އެއީ މައްސަލައެއް ނޫނެވެ. ހޭދަކުރާއިރު ހަމއެކަނި ވިސްނާލަންވީ އާޚިރަތް ދުވަހު ތިމާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ކަންކަމަށް ވީހައި ގިނައިން ހޭދަކުރުމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން